gaanoon_logo
-
ރިކޮގްނައިޒްޑް

"ރިކޮގްނައިޒްޑް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ރިކޮގްނިށަން މަރުހަލާ ފުރިހަމަކޮށްފައިވުމަށެވެ.

ރިކޮގްނިށަން

"ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ހުއްދަ ދިނުމުގެ މަރުހަލާއަށެވެ

ރިކޮގްނިށަން ބޮންޑްސް
"ރިކޮގްނިށަން ބޮންޑްސް" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ މުވައްޒަފުންގެ އެކްރޫޑް ޕެންށަން ހައްގުތައް ވަޒަންކުރުމުގެގޮތުން ސަރުކާރުން ދޫކުރާ ބޮންޑްތަކަށެވެ.
ރިކޮގްނިށަން އޮފް ޕްރަޔަރ ލަރނިންގ
"ރިކޮގްނިށަން އޮފް ޕްރަޔަރ ލަރނިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ނިޒާމެއްގެ ތެރެއިން ކަނޑައެޅޭ ވަކި ސަނަދެއް ނެތި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް، މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން އެފަރާތްތަކުގެ ފެންވަރު ދެނެގަނެ، މަތީ ހަރުފަތަކަށް ވާސިލުވުމަށްޓަކައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދޭ އުސޫލަށެވެ.
ރިކޯޑު

"ރިކޯޑު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ހިންގުމުގައި އުފެދޭ ލިޔެކިޔުން ނުވަތަ ފޮޓޯ، އޯޑިއޯ، ވީޑިއޯ ގެ ޒަރީއާއިން ރިކޯޑުކޮށްފައިވާ ތަކެއްޗަށެވެ.

ރިކޯޑްސް (އިމާރާތްކުރުމާއި ގުޅޭ)
"ރިކޯޑްސް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ކުރެވޭ އެންމެހައި މުއާމަލާތްތަކާއި، މަސައްކަތްތަކާއި އާލާތްތަކާ ބެހޭ ލިޔެކިޔުންތަކަށެވެ.
ރިއަލް ޖ.ީޑ.ީޕީ

"ރިއަލް ޖ.ީޑ.ީޕީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދުގައި އުފައްދާ ތަކެއްޗާއި ހިދުމަތުގެ ޖުމްލަ އަގު، އިންފްލޭށަނަށް އެޖަސްޓުކުރުމަށްފަހު މިންކުރުމަށް ގެންގުޅޭ މިންގަނޑަށެވެ.

ރިފަރަލް ލެބޯރަޓަރީ

"ރިފަރަލް ލެބޯރަޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތް ލެބޯރަޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06) ގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯރަޓަރީތަކަށެވެ.

ރިފަރަލް ލެބޯޓަރީ

"ރިފަރަލް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތު ލެބޯޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯޓަރީ ތަކަށެވެ. 

ރިފަރެންސް ޑޮކިއުމަންޓް (އިމާރާތްކުރުމާއި ގުޅޭ)
"ރިފަރެންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތަކާ ގުޅޭ ގޮތުން އެ މަސައްކަތެއް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓަރަށް ދީފައިވާ ލިޔުންތަކަށެވެ.
ރިލޭށަން ހެދުން
"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.
ރިލޭށަން ހެދުން

"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.

ރިސިޕްޓް ނޯޓިސް

"ރިސިޕްޓް ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުމުން ވަޒީފާދޭ ފަރާތަށް، ޕެންށަން އޮފީހުންދޭ ނޯޓިހަށެވެ. މި ނޯޓިހުގައި، އެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ނޫންކަމާއި، ވަޒީފާ ދޭފަރާތުގެ މަޢުލޫމާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، (ވަޒީފާ ދޭފަރާތުން ބަޔާންކޮށްފައިވާ ގޮތަށް)، އަދި އެ ހުށަހެޅުމާގުޅިގެން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ ޕޭމަންޓް ވައުޗަރެއް ހިމެނޭނެއެވެ.

ރިސީވަރު
"ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ ބޭންކެއްގެ އެސެޓުތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ ފަރާތަކަށެވެ.
ރިސެޕްށަން (ފަތުރުވެރިކަމާއި ގުޅޭ)

"ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ.