ގާނޫނީ ރަދީފު
"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް" ކަމަށް ބުނެފައި އެވަނީ، ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާގިއާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.
"ސާބިތުކުރުމުގެ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދައުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.
"ސާބިތުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ސާބިތުވާންހުރި ސިއްހީ، އިލްމީ ހޯދުންތަކަށް ބިނާކޮށް އޮތޯރިޓީން ގަބޫލުކުރާ ފަރާތެއްގެ ލިޔުމާއި، އެކްރެޑިޓުކޮށްފައިވާ ލެބޯޓަރީ އެއްގެ ތަހުލީލު ރިޕޯޓު ނުވަތަ އެކްސްޕޯޓުކުރި ގައުމުގެ ރަސްމީ އިދާރާއިން އެކަން ސާބިތުކުރުމަށް ދީފައިވާ ލިޔުން ހުށަހެޅުމަށެވެ.
"ސާވޭ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އެކުލެވޭ "ދިރާސާ" ކުރުމުގެ ތަރަހައިގައި ހިމެނޭ އެއްވެސް ކަމެއްގެ މައުލޫމާތު، މީހުންނާ އިންޓަވިއުކޮށްގެން، ނުވަތަ އީމެއިލެއް ނުވަތަ އިލެކްޓްރޯނިކް ފޯމެއް މެދުވެރިކޮށްގެން ހޯދުމަށެވެ.
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، އިނގިލީގެ ނިށާނާއި، އަތުލިޔުމުގެ ސާމްޕަލް ފިޔަވައި، އިލެކްޓްރޯނިކް ޑިވައިސްތައް ހިމެނޭގޮތުން، ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެފަދަ އެހެނިހެން މައުލޫމާތަށެވެ.
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭގޮތަށެވެ.
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލުކުރުމަށްޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭގޮތަށެވެ.
"ސާފު ރައްކައުތެރި ފެން" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރި ގޮތެއްގައި ފެން ރައްކައުކުރާ ނިޒާމަށް ފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެ ފެނުގައި އެންމެ ދަށް މިންގަނޑަށް، އެއްވެސް ކުލައެއް ރަހައެއް ނުހުންނަ ފެނަށެވެ.
"ސިނާއީ ކުނި" ކަމަށް ބުނެފައި އެވަނީ، ސިނާއީ ހަރަކާތްތަކާއި،ވިޔަފާރީގެ ހަރަކާތްތަކާ ގުޅިގެން އުފެދޭ ކުންޏަށެވެ. މިފަދަ ތަންތަނުންއުކާލާ ކުނީގެ ތެރޭގައި ހުންނަ އާންމު ތަންތަނުގައި އުފައްދާބާވަތްތަކުގެ ކުނިވެސް ހިމެނޭނީ ސިނާއީ ކުނީގެ ގޮތުގައެވެ.
"ސިނާއީ މަސައްކަތަށް ފެން ބޭނުންކުރުން" ސިނާއީ މަސައްކަތަށް ފެން ބޭނުންކުރުން ކަމަށް ބުނެފައި އެވަނީ، ސިނާއީ ގޮތުން ކުރެވޭ މަސައްކަތްތައް ގާއިމުކުރުމުގެ އެންމެހައި މަސައްކަތްތަކަށާއި އެ މަށްރޫއުގެ ބޭނުންތަކަށް ފެން ބޭނުންކުރުމަށެވެ.