gaanoon_logo
-
ދައުލަތުގެ ފައިސާ

"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ. 

ދައުލަތުގެ ފައިސާ

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބަހައްޓައިފައިވާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބަހައްޓައިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ"
"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖު، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިޔުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
ދައުލަތުގެ ފައިސާ ނުވަތަ "ފައިސާ"

"ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ީފ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ަފއިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ

"ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު

"ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހ،ޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ އެއްގޮތްވާ ޮތުގެމަތިން އެ ގާނޫނުގެ ދަށުން މިނިސްޓަރު އެކުލަވާލާ ޗާޓަރަށެވެ.

ދައުލަތުގެ ދަރަނި

"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރާއި، ލޯކަލް ކައުންސިލުތައް ހިމެނޭ ގޮތުން، ދައުލަތުގެ ޖުމްލަ ދަރަންޏަށެވެ.

ދައުލަތުގެ ދަރަނި

"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދ/ިނުވަތަ އިންޓަރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ލޯނާއި، ސެކިއުރިޓީއާއި، ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަންޏާ ގުޅިފައިވާ ފައިސާ ދެއްކުމުގެ އިލްތިޒާމުތަކުގެ ދަށުން އުފަންވާ އެންމެހައި މާލީ އިލްތިޒާމުތަކަށެވެ. 

ދައުލަތުގެ ދަރަނި

"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓްތަކާއި، އެ ޗާޓަރުގައި ބަޔާންކުރާ ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން ނަގާ ދަރަންޏާއި، ދައުލަތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ފަރާތެއް ނަގާފައިވާ ދަރަންޏަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއެއް އެ ދަރަނި ނަގާފައިވާ ފަރާތުން ނުދެއްކިއްޖެ ހާލަތުގައި، ދައުލަތުން އަދާކުރަންޖެހޭ ދަރަންޏަށެވެ.

ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ

"ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ހަރަދުކުޑަކޮށް ހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް ރާވާފައިވާ ގޮތަށެވެ. 

ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު

"ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، މެނޭޖުކުރުމާއި، ރެގިއުލޭޓްކުރުމާއި، ދަރަނި ނެގުމާއި ދެއްކުމާބެހޭ އެންމެހައި ކަންކަން ހިންގުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނަށެވެ.

ދައުލަތުގެ ތަހުގީގީ އިދާރާ

"ދައުލަތުގެ ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އެންމެހައި އިދާރާތަކާއި، އެފަދަ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ކޮމިށަންތަކަށެވެ.

ދައުލަތުގެ ތަންތަން (އޮޑިޓާއި ގުޅޭ)
"ދައުލަތުގެ ތަންތަން" ކަމަށް ބުނެފައި އެވަނީ ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، އެކިއެކި މުއައްސަސާތައް، ދައުލަތުގެ ވިޔަފާރި ތަންތަން ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި އަދި ސަރުކާރުގެ ޓްރަސްޓް، ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް ތަކަށެވެ.
ދައުލަތުގެ ސަލާމަތީ ހިދުމަތް
"ދައުލަތުގެ ސަލާމަތީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ސިފައިންގެ ހިދުމަތާއި ފުލުހުންގެ ހިދުމަތާއި، މި ހިދުމަތުގައި އެކުލެވޭ އެންމެހައި އިދާރާތަށް ހިމެނޭ ގޮތަށް، އަދި، ދައުލަތުގެ ނަމުގައި ބާރުގެ ބޭނުންކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ލިބިގެންވާ ކޮންމެ ފަރާތެކެވެ.
ދައުލަތުގެ ޕަބްލިކް ފައިނޭންށަލް ކޯޕަރޭށަންތައް

"ދައުލަތުގެ ޕަބްލިކް ފައިނޭންށަލް ކޯޕަރޭށަންތައް" ކަމަށް ބުނެފައި އެވަނީ، މަރުކަޒީ ބޭންކް ފިޔަވައި، މާލީ އިދާރާތަކާއި ބޭންކްތައް ހިމެނޭގޮތުން، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކޯޕަރޭށަންތަކަށެވެ.