gaanoon_logo
-
މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ޕްރޮގްރާމެއް

"މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ޕްރޮގްރާމެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ފެންވަރެއް ހުންނާނެކަމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ބަޔާންކޮށް، ހިންގާ ކޯހަށެވެ.

މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން

"މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން ދޭ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައުލޫމާތާއި، މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކާއި، އެ ޕްރޮގުރާމްތަކަށް ވަނުމަށް ބޭނުންވާ ށަރުޠުތަކާއި، މަރުކަޒުތަކުން އެކިއެކި ކަންކަމަށް ނަގާ ފީއާއި، ކިޔެވުމަށް ދޭ ލޯނާއި، ސްކޮލަރށިޕް ސްކީމްތަކާއި، ކިޔެވުމަށް ދޭ އެހެނިހެން އެހީތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތަކަށެވެ.

މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ދޭ ހުއްދަ

"މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ދޭ ހުއްދަ" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން ދޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައުލޫމާތާއި، މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކާއި، އެ ޕްރޮގުރާމްތަކަށް ވަނުމަށް ބޭނުންވާ ށަރު ޠުތަކާއި، މަރުކަޒުތަކުން އެކިއެކި ކަންކަމަށް ނަގާ ފީއާއި، ކިޔެވުމަށް ދޭ ލޯނާއި، ސްކޮލަރށިޕް ސްކީމްތަކާއި، ކިޔެވުމަށް ދޭ އެހެނިހެން އެހީތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށް، ށަރުޠުތަކާއެކު ސޮއިކޮށް ތައްގަނޑު ޖަހައިފައި މިނިސްޓްރީން ދޫކުރާ ލިޔުމަށެވެ.

މަތީ ތައުލީމާއި، ތަމްރީނު

"މަތީ ތައުލީމާއި، ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއްގައި ދޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ އަދި އެ ސްޓޭންޑަޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

މަތީ ތައުލީމު
"މަތީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، އަންޑަގްރެޖުއެޓް ތައުލީމާއި އެއަށްވުރެ މަތީ ތަހުލީމަށެވެ.
މަތީ ތައުލީމު ހާސިލުކޮށްފައިވުން
"މަތީ ތައުލީމު ހާސިލުކޮށްފައިވުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމަށެވެ.
މަތީ ތައުލީމު ދޭ މަރުކަޒު

"މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ ، ޔުނިވަރސިޓީ ތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

މަތީ ތައުލީމު ދޭ މަރުކަޒު

"މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

މަތީ ތައުލީމުދޭ މަރުކަޒު

"މަތީ ތައުލީމުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ގާނޫނީ ތައުލީމުގެ ކޯހެއް ހިންގާ ނުވަތަ ހިންގުމަށް ހުށަހަޅ،ާ އަދި އެ ފަރާތެއްގެ މައްޗަށް ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ބާ ކައުންސިލަށް މަސްއޫލިއްޔަތެއް އޮންނ،ަ މަތީ ތައުލީމުދޭ ކޮންމެ މަރުކަޒަކަށެވެ.

މަތީ ތަގުލީމާއި ތަމްރީނު

"މަތީ ތަގުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑު (ވޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރތް (އެމް.އެން.ކިޔު.ހެއްފި) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކަށާއި, ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.

މަތީ ސާނަވީ ތައުލީމު
"މަތީ ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 (އެގާރަ) އިން ފެށިގެން ގްރޭޑް 12 (ބާރަ) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން
"މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއި، ޓެކްސް ދައްކާ ފަރާތާ ގުޅުންހުރި 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތްތަކާއި، ގުޅުންހުރި އެ ފަރާތްތައް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަަންތަކުގެ ޓެކްސް އޮތޯރިޓީތަކާއެކު މީރާއިން ގާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.
މަލްޓިޕާޕަސް

"މަލްޓިޕާޕަސް" ކަމަށް މާނަކޮށްފައި އެވަނ،ީ އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތް ދިވެހި ޕާސްޕޯޓު ކާޑުގެ ޒަރީއާއިން ފޯރުކޮށްދިނުން. 

މަލްޓިޕްލެކްސިންގ އޮޕަރޭށަން

"މަލްޓިޕްލެކްސިންގ އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުން ފޮނުވާ ކޮންޓެންޓް، އެއްކޮށް އެއް ސްޓްރީމެއްގެ ގޮތުގައި، އެއް ޗެނަލެއް މެދުވެރިކޮށް ފޮނުވުމަށެވެ.

މަގާމަށް އެކަށޭނަ
"މަގާމަށް އެކަށޭނަ" ކަމަށް ބުނެފައިއެވަނީ، މަގާމަކަށް އައްޔަންކުރުމާއި، އައްޔަންކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ހުށަހެޅޭ މަގާމުގެ ބޭނުންވާ އިލްމީ ގާބިލުކަމާއި، ތައުލީމީ ފާސް އޮތުމަށާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ހުނަރާއި ގާބިލުކަން ހުރުމަށާއި، މީހާގެ އަބުރުވެރިކަމަށާއި، މަސައްކަތުގެ އަހްލާގަށާއި، ސުލޫކަށެވެ.