ގާނޫނީ ރަދީފު
"ރަޖިސްޓްރާރ ކަނޑައަޅާ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު ހުށަހަޅައި ފައިލްކުރުމަށް ޓަކައި ރަޖިސްޓްރާރ ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަށެވެ.
"ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ފިކުރީ މުދަލާބެހޭ ހައްގުތައް ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ކަމާބެހޭ ގާނޫނުގެ ދަށުން އައްޔަންކުރާ ރަޖިސްޓްރާރަށެވެ.
"ރަޖިސްޓްރާރ އޮފް ޔޫނިއަންސް" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ.
"ރަޖިސްޓްރޭށަން ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ރަޖިސްޓަރީ ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.
"ރަޖިސްޓްރޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.
"ރަޖިސްޓްރޭށަން ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ސްކްރީންކުރުމާއި، ރަޖިސްޓަރީކުރުމާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމާއި، ތަހުގީގުކުރުމަށް ނިންމާ މައްސަލަތަކާއި ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލަތަކުގެ ރަޖިސްޓްރޭށަން މަރުހަލާ ނިންމުމަށްފަހު މައްސަލައިގެ ތަހުގީގު ހިންގުމަށް ޓަކައި ކަމާ ގުޅުންހުރި ޑިޕާޓްމަންޓަށް ނުވަތަ ކޮމިށަނުގެ ގޮތްޕަކަ ށް ފޮނުވުމަށް ކޮމިށަނުގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓަށެވެ.
"ރާއްޖެއިން ބޭރަށް މުދާ އަނބުރާ ފޮނުވުން" ކަމަށް ދޭހަވާގޮތަށް ގަވާއިދުގައި ބުނެފައި އެވަނީ، މުދަލެއް ރާއްޖެއަށް ފޮނުވި ފަރާތަށް އެ މުދާ އަނބުރާ ފޮނުވާ ފޮނުވުމަށެވެ. އެހެން ފަރާތަކަށް އެ މުދާ ފޮނުވާނަމަ، ބެލެވޭނީ އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން ކަމުގައެވެ.