ގާނޫނީ ރަދީފު
"ނެއިބަރހުޑް ޕޮލިސް އޮފިސަރ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ނެއިބަރހުޑް ޕޮލިހުންގެ ގޮތުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.
"ނެވިމީހާ ނުވަތަ ނެއްވެއް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ދޫކުރާ،ޓަނޭޖް އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދު އޮވެގެން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތަށެވެ.
"ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ނުވަތަ "މުއާހަދާ" ކަމަށް ބުނެފައި އެވަނީ، 1 ޖުލައި 1975 ގައި އަމަލުކުރަން ފަށާފައިވާ "ކޮންވެންށަން އޮން އިންޓަރނޭށަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީށީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" އަށެވެ.
"ނެޓްވާރކް" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތްތަކުގެ މުޅި ވިއުގައަށެވެ.
"ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތު އަހުލާގުގެ މިންގަޑުތަކަށެވެ.
"ނޭށަނަލް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިޓެންސީ ސްޓޭންޑަރޑްގައިވާ ފެންވަރަށާއި މިންވަރަށް ހާސިލުވެފައިވޭތޯ ބެލުމަށް މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހަދާ އެކްސްޓާރނަލް އިމްތިހާނަށެވެ.
"ނޭށަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ)" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖުގައި ބަޔާންކުރާ މިންގަނޑުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމަށް ގައުމީ ފެންވަރުގައި ދެވޭ އިމްތިހާނުތަކަށެވެ.
"ނޭށަނަލް އޮކިއުޕޭށަނަލް ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި މަސައްކަތުގެ އަހްލާގުގެ މިންގަނޑުތަކުގެ މައްޗަށް އެކުލަވައިލާ ނޭށަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ނުވަތަ އާމްދަނީ ލިބޭ މަސައްކަތް ގައުމީ ފެންވަރުގައި ދަސްކޮށްދިނުމަށް ބޭނުންކުރާ ހާއްސަ މިންގަނޑުތަކަށެވެ.