ގާނޫނީ ރަދީފު
"ހާލަތު ބަދަލުވުން" ކަމުގައި ބުނެފައި އެވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 38/2016) ގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އަދި 19 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ށަރުތެއް އުނިވުމަށް ނުވަތަ ހާލަތަކަށް ބަދަލުއައުމަށެވެ.
"ހާސާވުން" ކަމަށް ބުނެފައި އެވަނީ، މީހުންނާއި އެހެނިހެން ދިރުންތައް ނުވަތަ މާހައުލާ ހަމައަށް ޕެސްޓިސައިޑް ނުވަތަ ޕެސްޓިސައިޑުން ދެމިހުންނަ އަސަރު ފޯރައި، ޕެސްޓިސައިޑަށް ހުށަހެޅުމަށް ނުވަތަ "އެކްސްޕޯޒަރ" އަށެވެ.
"ހާޒިރުކުރެވެން ނެތް މީހުން" ކަމަށް ބުނެފައި އެވަނީ، ހެއްކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2022-11) ގެ 118 ވަނަ މާއްދާގައި ބަޔާންކުރާ މީހުންނަށެވެ.
"ހިންގައި ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް މަރާމާތުކޮށް ބެލެހެއްޓުމަށާއި، އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި، އާންމު ވަސީލަތްތައް މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ އުސޫލުތަކާއި ހަމަތަކުގެމަތިން ޔުނިޓުގެ ވެރިފަރާތުގެ މަންފާއަށާއި ލާބައަށްޓަކައި ބެލެހެއްޓުމަށެވެ.
"ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ހިއްސާވާ ކުންފުނީގެ ނުވަތަ ޕާޓްނަރށިޕް ނުވަތަ އެނޫންވެސް ވިޔަފާރީގެ ބޭނުމަށް އުފައްދާ ގާނޫނީ ށަހްސެއްގެ ހިއްސާދާރުންނާއި، މުވައްޒަފު ކުރާ ވިޔަފާރީގެ މުވައްޒަފުންނާއި ވެރިން ހިމެނޭގޮތުންނެވެ.
"ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ކަނޑައަޅާ ފަރާތްތަކަށެވެ.
"ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.
"ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީ ގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.