ގާނޫނީ ރަދީފު
"އޮފަރ ނުވަތަ އޮފަރިންގ" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ވިއްކުމަށް ހުށަހަޅާ ނުވަތަ ހުޅުވައިލާ ދައުވަތަށެވެ.
"އޮފަރ ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ވިއްކާ ސެކިއުރިޓީޒް ގަތުމަށް އިންވެސްޓަރުންނަށް ދެވޭ ސެކިއުރިޓީޒްގެ މައުލޫމާތު ހިމެނޭ ކޮންމެ ދައުވަތަކާއި އެ ދައުވަތަކަށް ގެންނަ ކޮންމެ އިސްލާހަކަށެވެ.
"އޮފިށަލުން" ކަމަށް ބުނެފައި އެވަނީ، ކޯޗުންނާއި، މެނޭޖަރުންނާއި، އެސިސްޓެންޓް ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ރެފްރީންނާއި، އަމްޕަޔަރުންނާއި، ޓީމުގެ ކުޅުންތެރިން ފިޔަވައި އެހެން މީހުންނަށެވެ.
"އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނެވެ.
"އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ހުވާކޮށްގެން ތިބި ޔުނީފޯމު އެޅި އޮފިސަރުންގެ ތެރެއިން ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންގެ މަރުކަޒެއްގައި މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މުވައްޒަފުންނަށެވެ.
"އޮފީހަށް ނުކުތުން ވަގުތީގޮތުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ އެއްވެސް އިމާރާތަކަށް ވަނުން މަނާކުރުމަށާއި، އޮފީހުގެ މަސައްކަތްތަކުގައި ބޭނުންކުރާ ސިސްޓަމްތަކުން އެކްސެސް ކަނ ޑައިލުމަށާއި، އޮފީހުގެ މުވައްޒަފުންނާއެކު މުއާމަލާތުކުރުމަށް އެކުލަވައިލައިފައިވާ އެންމެހައި ވަސީލަތްތަކުން ޑިސްކަނެކްޓްކުރުން ހިމެނޭ ގޮތުންނެވެ.
"އޮފީހުގެ ވެރީން" ކަމުގައި ބުނެފައި އެ ވަނީ ޑިރެކްޓަރު ނުވަތަ އެ ފެންވަރުގެމަގާމުތަކުން ފެށިގެން މަތީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނެވެ.
"އޮފް ދުވަސް" ކަމުގައި ބުނެފައި އެވަނީ، ދަންފަޅި އުސޫލުން ޑިއުޓީއަށް ނުކުންނަ ނުވަތަ ވަޒީފާއަށް ނުކުންނަ މުވައްޒަފުން ވަޒީފާއަށް ނުވަތަ ޑިއުޓީއަށް ނުކުންނަން ނުޖެހޭ ދުވަސްތަކަށެވެ.