ގާނޫނީ ރަދީފު
"އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ސަރުކާރުގެ ދާއިރާތައް މީގެތެރެއިން އިސްތިސްނާވާނެއެވެ.
"އެމްޕްލޯއިމަންޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-163) ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތާއި، އަދި މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތަށެވެ.
"އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްއިއްޔާތައް ހިމެނޭހެން އެކުލަވައިލާ ފަންނީ ޕެނަލަށެވެ.
"އެމްޕްލޯޔަރ އައިޑީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭފަރާތް ފުރަތަމަ ރަޖިސްޓަރީކޮށް އެތަނުގެ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރާއިރު، ޕެންށަން އޮފީހުން އެ ވަޒީފާ ދޭފަރާތަށް ކަނޑައަޅާ ނަންބަރަށެވެ.
"އެފިށަންސީ" ކަމުގައި ބުނެފައި އެވަނީ، ކަރަންޓު ބޭނުންކުރާ ނުވަތަ ކަރަންޓު ފޮނުވުމަށް ބޭނުންކުރާ އާލާތެއް (ޖަނަރޭޓަރު، ކޭބަލް ފަދަ) ތަކެތިން ކަރަންޓު ފޯރުކުރުވުމުގައި އިސްރާފު ކުޑަކުރެވޭނޭ މިންވަރަށެވެ.
"އެފިޑެވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
''އެފިޑެވިޓް'' ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވާމަތީގައި ހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
"އެފިޑޭވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުންދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
"އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް" ކަމަށް ބުނެފައި އެވަނީ، މާރކެޓުގެ އަގަށް ވުރެ ކުޑަ އަގެއްގައި ހައުސިންގ ޔުނިޓު ވިއްކުމާއެކު، ހައުސިންގ ޔުނިޓަށް ފައިސާ ދެއްކުމަށް މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއެއް މެދުވެރިކޮށް ޔުނިޓުގެ އަގު އަދާކޮން، މިލްކުކުރެވޭ މޮޑެލްތަކަށެވެ.
"އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް" ކަމަށް ބުނެފައި އެވަނީ، މާރކެޓުގެ އަގަށް ވުރެ ކުޑަ އަގެއްގައި ހައުސިންގ ޔުނިޓު ވިއްކުމާއެކު، ހައުސިންގ ޔުނިޓަށް ފައިސާ ދެއްކުމަށް މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއެއް މެދުވެރިކޮށް ޔުނިޓުގެ އަގު އަދާކޮށް، މިލްކުކުރެވޭ މޮޑެލްތަކަށެވެ.
"އެފް.އައި. އެކައުންޓިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އެފް.އައި.އޭޖެންޓެއް މެދުވެރިކޮށް ރަޖިސްޓަރީކޮށްފައިވާ ބޭރުގެ އިންވެސްޓަރުންގެ ފައިސާ ބެލެހެއްޓުމަށް ޓަކައި އެފް.އައި.އޭޖެންޓަކު އުފައްދައި ބަލަހައްޓާ ކްލައެންޓް-ލެވެލް އެކައުންޓިންގ ސިސްޓަމަކަށެވެ. އެފް.އައި.އޭޖެންޓުން ދިވެހިރާއްޖޭގައި ލައިސަންސް ލިބިފައިވާ ބޭންކެއްގައި ބޭރުގެ ގިނަ އިންވެސްޓަރުންތަކެއްގެ އެއްކޮށްލެވިފައިވާ ބޭންކް އެކައުންޓެއް ހިންގާނެއެވެ. މި ބޭންކް އެކައުންޓުގައި، ބޭރުގެ އިންވެސްޓަރުންގެ އެއްކުރެވިފައިވާ އެސެޓްތަކާއި މުއާމަލާތްތަކުގެ ފައިސާ ހިމެނެއެވެ. ބޭންކުގެ ބޭނުމަށް އެފް.އައި.އޭޖެންޓަކީ އެކައުންޓުގެ ވެރިފަރާތްކަމުގައި ވީނަމަވެސް، އެފް.އައި.އޭޖެންޓުން ބޭރުގެ އިންވެސްޓަރުންގެ ވަކިވަކި ހޯލްޑިންގތަކާއި މުއާމަލާތްތަކާއި ބެލެންސް ދައްކުވައިދޭ ތަފުސީލީ، ވަކިކުރެވިފައިވާ އިންޓަރނަލް ރިކޯޑުތައް އެފް.އައި. އެކައުންޓިންގ ސިސްޓަމްގައި ބަލަހައްޓާނެއެވެ.