gaanoon_logo
-
"އަމިއްލަ މަސައްކަތްކުރާ ފަރާތް"

"އަމިއްލަ މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީީ،އެފަރާތެއްގެ ވަޒީފާގައެ މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.  

އަމިއްލަ ފަރާތްތަކުގެ ރުއްގަސް

"އަމިއްލަ ފަރާތްތަކުގެ ރުއްގަސް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ މީސްމީހުންގެ ބިންބިމުގައި ހުންނަ ރުއްގަހާއި ބަންޑާރަ ބިންބިމުގައި ހުންނަ އަމިއްލަ މީހުންގެ ރުއްގަހަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަށް ކުއްޔަށް ހިފާ ބިންބިމުގައި ހުންނަ ރުއްގަހާއި ހައްދާ ރުއްގަސް މީގެ ތެރެޔަކު ނުހިމެނެއެވެ. 

އަމިއްލަ ފަރާތްތައް
"އަމިއްލަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ދައުލަތުގެ ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިނުވާ ގާނޫނީ ށަހްސެއްގެ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތެކެވެ.
އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ކުރުން ކަމަށް ނުވާގޮތުން، ތިމާ ދިރިއުޅުމަށްޓަކައި ފުރިހަމަވާންޖެހޭ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ހަރަދަށްވާ ފައިސާ ހޯދުމުގެގޮތުން ގާއިމުކުރާ އާމްދަނީ ލިބޭ ވަސީލަތަށެވެ.
އަމިއްލަ ތަނެއް

"އަމިއްލަ ތަނެއް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ.

އަމިއްލަ ތަންތަން
"އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، ޢިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
އަމިއްލަ ތަންތަން
"އަމިއްލަ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި، ގޭބިސީއަށާއި، އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
އަމިއްލަ ތަންތަން

"އަމިއްލަ ތަންތަން" ކަމަށް ބުނުފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.

އަމިއްލައަށް ބިނާކުރުން
"އަމިއްލައަށް ބިނާކުރުން" އަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 5/2011) ގެ 17 ނުވަތަ 18 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއްގައި ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އަދި އެ މާނައިގެ ތެރޭގައި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ ޓެކްސް ބަޔާނަކަށް ގެނެވޭ އިސްލާހުތައްވެސް ހިމެނެއެވެ.
އަމިއްލައަށް ބިނާކުރުން
"އަމިއްލައަށް ބިނާކުރުން" އަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 5/2011) ގެ 17 ނުވަތަ 18 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއްގައި ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އަދި އެ މާނައިގެ ތެރޭގައި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ ޓެކްސް ބަޔާނަކަށް ގެނެވޭ އިސްލާހުތައްވެސް ހިމެނެއެވެ.
އަމިއްލައަށް މަރުވުން
"އަމިއްލައަށް މަރުވުން" ކަމަށް ބުނެފައި އެވަނީ، ތިމާ އަމިއްލައަށް މަރުވެދާ ފަދަ އަމަލެއް އެނގިހުރެ ކުރުމަށެވެ.
އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)

"އަދަރ އިފެކްޓިވެ އޭރިއާ ބޭސްޑް ކޮންޒަވޭށަން މެށަރސް (އޯ.އީ.ސީ.އެމް)" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފިޔަވައި، އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް (ސަގާފީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގްތިސާދީ ބޭނުންތަކާއި، އެހެނިހެން ބޭނުންތަކަށް ) މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެކެވެ.

އަދަބާ ހިލާފު

"އަދަބާ ހިލާފު" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާއި މުޖުތަމައުގައި އެއ ބޭއަދަބީ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކޮންމެ ކަމަކަށެވެ.

އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު
"އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގައި ހެދިފައިވާ "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރު" އަށެވެ.
އަދަބީ އުފެއްދުން

"އަދަބީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ފޮތާއި، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ވަޒަން ބަހުރުވަ (ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ކާއާއި، އަންބާ ހިމެނޭގޮތުން) އާއި ލަވަފަދަ، ބަސް ބޭނުންކޮށްގެން މާނައެއް ދޭހަވާފަދަ ގޮތަކަށް އުފައްދާފައި ހުންނަ ކޮންމެ ފަންނީ އުފެއްދުމަކަށެވެ.