ގާނޫނީ ރަދީފު
"އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލަށެވެ.
"އެތްލީޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމަށް ހޮވޭ ފަރާތްތައްކަމަށްވާ ކުޅުންތެރީންނާއި، ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ޓެކްނިކަލް އޮފިށަލުން ހިމެނޭ ގޮތަށެވެ.
"އެލައިޑް ހެލްތް ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންނާއި ނަރުހުންނާއި މިޑްވައިފުން ފިޔަވައި ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015) ގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލުންނަށެވެ.
"އެގްޒެކިއުޓަރ" ކަމަށް ބުނެފައި އެވަނީ، ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް މީހަކު އައްޔަނުކުރާ ފަރާތަށް މިނިސްޓްރީން ދޭ ރަސްމީ ލިޔުމަށެވެ.
"އެގްޒެކިއުޓިންގ އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އަމަލީގޮތުން އެހީގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތްތަކަށެވެ.
"އެގްޒެކިއުޓިވް ބޯޑު" ކަމަށް ބުނެފައިއެވަނީ މޯލްޑިވްސް ޕޮލިސް ސަރިވސް ގެ އެންމެހާ ކަންކަން ރާވާ ހިންގުމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާ އެރުވުމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކޮށްފައިވާ ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ބޯޑަށެވެ.
"އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ޕްރޮޕޯޒަލްގައި ހިމެނޭ މަށްރޫއުގެދާއިރާއާ ގުޅޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް އޮފީސް ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.
"އެގްޒެކެޓިވް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ ކުންފުނީގެ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އަދި އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ ކުންފުނީގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، އިންށުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2025-13) ގެ ބޭނުމަށްޓަކައި އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރާއި، ޗީފް ފައިނޭންށަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރު ހިމެނޭނެއެވެ.