ގާނޫނީ ރަދީފު
"އެކެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000) ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛
"އެކެއްV" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މަސައްކަތު ދާއިރާގައި ގެންގުޅޭ ވެހިކިއުލަރ އިކުވިޕްމަންޓުގެ ގޮތުގައި ބަލާ ފޯކްލިފްޓް، އެކްސްކަވޭޓަރ، ލޯޑަރ ނުވަތަ ބުލްޑޯޒަރ، ސޭލާ ފަދަ ބަރު އުޅަނދެވެ.
"އެކެޑަމީ" ކަމަށް ބުނެފައި އެވަނީ، ކުޅިވަރުގެ ތަމްރީނުދިނުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި އެކަޑަމީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"އެކްރެޑިޓޭށަން" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅާ އިންސްޓިޓިއުށަނަލް ރިވިއުގެ ތެރެއިން ގާނޫނީ ތައުލީމުގެ ޕްރޮގްރާމަށް ހުއްދަ ދިނުމަށް ނުވަތަ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް އެކްރެޑިޓްކުރުމަށް ނުވަތަ އެކްރެޑިޓޭށަން ރިނިއުކުރުމަށެވެ.
"އެކްރެޑިޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ތަމްރީނުދޭ މަރުކަޒުގައި ކިޔަވައިދޭ މުގައްރަރު މިންގަނޑަށް ފެތޭކަމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ކަނޑައެޅުމަށެވެ.
"އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ޓްރެއިނިންގ ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އެކްރެޑިޓްކޮށްފައިވާ ފަރާތްތަކަށެވެ.
"އެކްސިޑެންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގައި ދިމާވާ ހާދިސާއެއްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތި ވާ ފުރާނައަށް ނުރައްކާވާފަދަ އަނިޔާކުރިމަތި ވާ ނުވަތަ އެނޫންވެސް ނުރައްކާތެރި އަނިޔާ ލިބޭފަދަ ހާދިސާތަކަށެވެ.
"އެކްސެސަރީ ޔުނިޓު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ގަތުމުން އުޅަނދު ޕާކްކުރުމަށް ދެވޭ ޖާގަ ހިމެނޭގޮތުން، އެއްމެދު އިމާރާތުގެ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓާ ގުޅިގެން އިތުރު ބޭނުންތަކަށް އެ ޔުނިޓުގެ ވެރިފަރާތަށް، ބިމުން ނުވަތަ އިމާރާތުން ލިބޭ ޖާގަތަކަށެވެ.
"އެކްސެސް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބަޔަކަށް ވަނުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބައެއް ކޮންޓްރޯލުކުރުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމްގެ ނުވަތަ އެ ސިސްޓަމްގެ ބައެއްގެ ބޭނުންކުރުމުގެ ހައްގު ހޯދައިގެން ނުވަތަ އެނޫންވެސް ގޮތަކުން ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ވަކި ބަޔަކަށް އެކްސެސްވާ ވުމަށެވެ.