ގާނޫނީ ރަދީފު
"އެކްސިޑެންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގައި ދިމާވާ ހާދިސާއެއްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތި ވާ ފުރާނައަށް ނުރައްކާވާފަދަ އަނިޔާކުރިމަތި ވާ ނުވަތަ އެނޫންވެސް ނުރައްކާތެރި އަނިޔާ ލިބޭފަދަ ހާދިސާތަކަށެވެ.
"އެކްސެސަރީ ޔުނިޓު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ގަތުމުން އުޅަނދު ޕާކްކުރުމަށް ދެވޭ ޖާގަ ހިމެނޭގޮތުން، އެއްމެދު އިމާރާތުގެ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓާ ގުޅިގެން އިތުރު ބޭނުންތަކަށް އެ ޔުނިޓުގެ ވެރިފަރާތަށް، ބިމުން ނުވަތަ އިމާރާތުން ލިބޭ ޖާގަތަކަށެވެ.
"އެކްސެސް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބަޔަކަށް ވަނުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމް ނުވަތަ އެ ސިސްޓަމްގެ އެއްވެސް ބައެއް ކޮންޓްރޯލުކުރުމަށް މަގުފަހިކޮށްގެން ނުވަތަ އެ ސިސްޓަމްގެ ނުވަތަ އެ ސިސްޓަމްގެ ބައެއްގެ ބޭނުންކުރުމުގެ ހައްގު ހޯދައިގެން ނުވަތަ އެނޫންވެސް ގޮތަކުން ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ވަކި ބަޔަކަށް އެކްސެސްވާ ވުމަށެވެ.
"އެކްސްކުލޫސިވިޓީ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.
"އެކްސްކްލޫސިވް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އެކްސްކްލޫސިވް އަސާސެއްގެ ދަށުން ދޫކުރެވޭ ކެރިއަރ ލައިސަންސަށް ނުވަތަ ސަރވިސް ޕްރޮވައިޑަރ ލައިސަންސަކަށެވެ.
"އެކްސްޓަރނަލް ރިޒާރވް" ކަމަށް ބުނެފައި އެވަނީ ކަނޑައެޅިފައި ހުންނަ ބާވަތްތަކެއްގެ މުދާތަކަށެވެ. އާންމު ގޮތެއްގައި މީގައި ހިމެނެނީ، ރަން، އެސް.ޑީ.އާރ. އަދި ރާއްޖެއަށް ބޭރުން ލިބެންވާ ފައިސާއެވެ.