gaanoon_logo
-
ޓެކުން

"ޓެކުން" ކަމަށް ބުނެފައި އެވަނީ ، އަނެކާއަށް މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދުމަތެއް ދޭން ބުނެ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެ ކަމެއް ބުނިގޮތަށް ކޮށްނުދީ، އެ ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަށެވެ.

ޓެކުން

"ޓެކުން" ކަމަށް ބުނެފައި އެވަނީ، އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން ދައްކައިގެން ފައިދާއެއް ނުވަތަ ހިދްމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން، ކަމަކުން ނުވަތަ ސިފައަކުން ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނިގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި ބޭނުން ކުރުމެވެ.

ޓެކްނިށަނެއް (އިމާރާތްކުރުމާއި ގުޅޭ)

"ޓެކްނިށަނެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އިމާރާކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެ ފަރާތެއް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކަށެވެ. 

ޓެކްނިކަލް އެޕްރޫވަލް (އިމާރާތްކުރުމާއި ގުޅޭ)
"ޓެކްނިކަލް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތައުލީމީ ޕްރޮގްރާމުތަކާއި ފަންނީ ޕްރޮގްރާމުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތައް ހާސިލުވެފައިވޭތޯ ބެލުމަށްފަހު، އެ ޕްރޮގްރާމަކީ މިނިސްޓްރީގައި ރަޖިސްޓަރީވުމަށް ބަލައިގަންނަ ޕްރޮގްރާމެއްކަން އެންގުމުގެ ގޮތުން މިނިސްޓްރީން ދޭ ހުއްދައަށެވެ.
ޓެކްނިކަލް ސަރވިސް ފީ
"ޓެކްނިކަލް ސަރވިސް ފީ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންނަށް ދޭ އުޖޫރައިގެ ގޮތުގައި ނުހިމެނޭ، ޓެކްނިކަލް، މެނޭޖީރިއަލް ނުވަތަ ކޮންސަލްޓަންސީ ފަދަ ހިދުމަތަށް ދައްކާ މުގާބިލަށެވެ.
ޓެކްނޮލޮޖީ

"ޓެކްނޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކު ރެވޭ އެންމެހައި ޓެކްނޮލޮޖީއަށެވެ.

ޓެކްނޮލޮޖީ ނިއުޓްރަލިޓީ

"ޓެކްނޮލޮޖީ ނިއުޓްރަލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ ޓެކްނޮލޮޖީއަކަށް ނުވަތަ ވަކިގޮތެއް ބޭނުންކުރުމަކަށް ނުވަތަ ޓެކްނޮލޮޖީގެ އުފެއްދުމަކަށް ވަކި އިސްކަމެއް ދިނުމެއްނެތި، ޓެކްނޮލޮޖީގެ ހުރިހާ ބާވަތަކަށްވެސް އެއް ހަމައަކުން ރިއާޔަތްކުރުމުގެ އުސޫލަށެވެ.

ޓެކްސީ
"ޓެކްސީ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.
ޓެކްސީ

"ޓެކްސީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.

ޓެކްސީ ސެންޓަރު
"ޓެކްސީ ސެންޓަރު" ކަމަށް ބުނެފައި އެވަނީ ގާނޫނުގައި ބުނެފައިވާ ލައިސަންސް ލިބިގެން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށެވެ.
ޓެކްސީ ސްޓޮޕް

"ޓެކްސީ ސްޓޮޕް" ކަމަށް ބުނެފައި އެވަނީ، މީހުން އަރުވައި ބޭލުމަށް ޓެކްސީ ހުއްޓާ ތަން ނުވަތަ ސަރަހައްދު އަންގައިދޭ ބޯޑު ހަރުކޮށްފައިވާ ތަނަކަށެވެ. 

ޓެކްސީ ޑްރައިވަރުން

"ޓެކްސީ ޑްރައިވަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓެކްސީ ޑްރައިވަރުކަމުގެ ލައިސަންސް ލިބިފައިވާ އަދި އެ ލައިސަންސްގެ މުއްދަތު ހަމަނުވާ ފަރާތަކަށެވެ.

ޓެކްސް
”ޓެކްސް“ ނުވަތަ ”ޓެކުހެއް“ ކަމުގައި ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ގާނޫނީ އެނޫންވެސް ށަހްސަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.
ޓެކްސް
"ޓެކްސް" ކަމަށް ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާގުޅިގެން ނަގާ އަގެއް ނުވަތަ ކުއްޔެއް ފިޔަވައި، ހުރިހާ ވައްތަރެއްގެ ޓެކްސާއި ޑިއުޓީއަށެވެ.
ޓެކްސް ނުވަތަ ”ޓެކުހެއް“
”ޓެކްސް“ ނުވަތަ ”ޓެކުހެއް“ ކަމުގައި ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ގާނޫނީ އެނޫންވެސް ށަހްސަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.