gaanoon_logo
-
ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް

"ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް، އެ އޮފީސްތަކުން ހާސިލުކުރަން ކަނޑައަޅާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި މަގްސަދުތަކުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމްތަކަކަށް ތަރުތީބުކޮށް ބަހާލެވިފައިވާ، އަދި ހަރަދުކުރާ ކަންކަމުން ހާސިލުކުރެވޭ ނަތީޖާއާ ގުޅުވައިދޭ ބަޖެޓް އޮނިގަނޑަށެވެ. 

ދައުލަތުގެ އޮފީސްތައް

"ދައުލަތުގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި އޮފީސްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން
"ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ބޭނުން އެ އެއްޗެއްގެ ފައިދާ ލިބެން އޮތް ގޮތަކާ ހިލާފަށް ކުރެވޭ ކަމެއް، ނުވަތަ އެންމެ ފުރިހަމައަށް ނުލިބޭގޮތަށް ކުރުން، ނުވަތަ އެ އެއްޗެ އް ބޭކާރުވާނެ ފަދަ ގޮތަކަށް އަމަލުކުރުމެވެ. މިގޮތުން (1) އެ އަމަލަކީ އެކަށީގެންނުވާ، ނުވަތަ އިންސާފާއި ހަމަހަމަ ކަމާ ހިލާފު، ނުވަތަ އެއްވެސް ފަރާތަކާމެދު ތަފާތުކުރެވޭ ފަދަ އަމަލެއް؛ ނުވަތަ (2) ވަކި ކަމެއް ކުރުމުގައި ފަރުވާކުޑަކޮށްފައިވުން ނުވަތަ އެކަށީގެންނުވާ މިންވަރަށް ދިގުލައިގެން ގޮސްފައިވާ ކަމެއް؛ ނުވަތަ (3) ހުއްދައެއް ނެތި ނުވަތަ ލިބިފައިނުވާ ބާރެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް.
ދައުލަތުގެ ވިޔަފާރި ތަންތަން
"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައިއެވަނީ، ކުންފުންޏެއް ކަމަށްވީނަމަވެސް، ބޯޑެއް ކަމަށްވީނަމަވެސް، ކޮމިށަނެއް ކަމަށްވީނަމަވެސް، ޖަމާއަތެއް ކަމަށްވީނަމަވެސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަސްލަހަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެތެރޭގައި، ޕާޓްނަރށިޕްތަކާއި ޖޮއިންޓް ވެންޗަރތަކާއި އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށްވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކާއި، ވިޔަފާރި ހިންގުމަށް އުފައްދާ ބޯޑުތަކާއި، ކޮމިށަންތަކާއި، ޖަމާއަތްތަކާއި، ތަންތަނަށެވެ. އޭގެތެރޭގައި ޕާޓްނަރށިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، ހުރިހާ ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭނެއެވެ. 

ދައުލަތުގެ ވިޔަފާރި ތަންތަން

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ:

(ހ) ދައުލަތުގެ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ށ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޕްރައިވެޓް ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތައް: އަދި

(ނ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޢާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްވާނަމަ އެ ކުންފުނިތައް: އަދި

(ރ) ކޮންޓްރޯލްކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ބިދޭސީ ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ބ) ދައުލަތުގެ ހިއްސާ %50 އަށްވުރެ ގިނައިން އޮތް ޕާޓްނަރށިޕް ތަކާއި ފައިދާ ބެހުމުގެ އެއްބަސްވުމެއް އޮވެގެން ޖަމާޢަތްތަކާއި، އެފަދަ ޕާޓްނަރށިޕެއްގެ ނުވަތަ ޖަމާޢަތެއްގެ ސަބްސިޑިއަރީއެއް ވާނަމަ އެ ސަބްސިޑިއަރީއެއް: އަދި

(ޅ) އެނޫންވެސް ވަކި ށަހުސެއް ލިބިފައިވާ ނުވަތަ އެފަދަ ށަހުސެއް ލިބިފައިނުވާ ތަންތަން ނުވަތަ، ދައުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނުވަތަ ވިޔަފާރީގެ އުސޫލުން ފައިދާ ބެހުމުގެ ނިޔަތުގައި ގާނޫނެއްގެ ދަށުން ނުވަތަ އިދާރީގޮތުން އުފައްދާފައިވާ ފަރާތްތައް.

ދައުލަތުގެ ވިޔަފާރި ތަންތަން

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ކުންފުންޏެއް ކަމަށް ވިޔަސް، ބޯޑެއް ކަމަށް ވިޔަސް، ކޮމިށަނެއް ކަމަށް ވިޔަސް، ޖަމާއަތެއް ކަމަށް ވިޔަސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަސްލަހަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެ ތެރޭގައި، ޕާޓްނަރށިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށް ވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ. 

ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން
"ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުސާރަ ލިބޭ އެއްވެސް މަގާމެއްގައި ހުރެ އެ މަގާމާމެދު ގާނޫނާއި ގަވާއިދުގައި، ނުވަތަ އެއްބަސްވުމެއްގައި، ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުން، ނުވަތަ މިގޮތުން ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުން، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގައި ހިމެނިގެންނުވާ ކަންކަން ކުރުމާއި، މަގާމާއި ހައިސިއްޔަތު އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރުމެވެ.
ދައުލަތުގެ މަސްއޫލު އޮފީސްތައް

"ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް، އަދި މާލީހިންގުމާއި މާލީޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަާޅ އޮފީސްތަކަށެވެ.

ދައުލަތުގެ މަސްއޫލު އޮފީސްތައް

"ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މާލީ ހިންގުމާއި މާލީ ޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކަށެވެ.

ދައުލަތުގެ މުއައްސަސާ
"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައިއެވަނީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި، ސަލާމަތީ ހިދުމަތްތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ކައުންސިލުތައް ހިމެނޭގޮތުންނެވެ.
ދައުލަތުގެ މުއައްސަސާ
"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ތެރޭގައި ހިމެނޭ އެންމެހައި މިނިވަން މުއައްސަސާތަކާއި، ވުޒާރާތަކާއި، އިދާރާތަކާއި، ޑިޕާޓްމަންޓްތަކަށެވެ.
ދައުލަތުގެ މުއައްސަސާ

"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިނގާ އިދާރާތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ދިވެހިރާއްޖޭގެ ށަރުޢީ ކޯޓުތަކާއި، ލޯކަލް ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ދައުލަތުގެ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި، ދައުލަތުގެ ހިއްސާ އޮންނަ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ދަށުން ހިނގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

ދައުލަތުގެ މުއައްސަސާއެއް
"ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، ކޮމިށަންތަކާއި، ހިދުމަތްތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލުތަކާއި، މަޖިލިސްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
ދައުލަތުގެ މުއައްސަސާއެއް
"ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކޮމިށަންތަކާއި، ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.