ގާނޫނީ ރަދީފު
"އަމަލު ހިންގި ތަން" ކަމަށް ބުނެފައި އެވަނީ، އަމަލު ހިނގާ ހިނދު، އެ އަމަލާގުޅުންހުރި ވާގިއާއެއް ނުވަތަ މާއްދީ ހެއްކެއް ނުވަތަ އެއްޗެއް ހުރި ކޮންމެ ތަނަކަށެވެ.
"އަމާޒުކޮށް ދޭ ހިދުމަތްތައް" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މާލީގޮތުން ފަހިކޮށްދޭ ފެސިލިޓީއެއް ނުވަތަ އިނާޔަތެއް ނުވަތަ މަސްވެރިންނަށް ހާއްސަކޮށް ފޯރުކޮށްދޭ އެހެންވެސް އެފަދަ ހިދުމަތްތަކަށެވެ.
"އަމިއްލަ ނުވަތަ ގޭބިސީގައި ބޭނުންކުރާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދެއްގެ މިލްކިއްޔާތުގައިވާ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ދިރޭއެއްޗެހި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަށެވެ.
"އަމިއްލަ ބިން" ކަމަށް ބުނެފައި އެވަނީ، ބިން އަމިއްލަކުރާ ފަރާތަކުން ދައުލަތަށް އެ ބިމުގެ އަގު ދައްކައި އަމިއްލަކޮށްފައިވާ ބިންތަކަށެވެ.
"އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނ،ީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ފެނުގެ ނިޒާމެއް ނުވަތަ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިދުމަތްދޭ ފަރާތުން އެ ނިޒާމަކުން އިތުރު ބޭނުންތަކަށް ހިދުމަތް ނުދެވޭ ހާލަތުގައި ނުވަތަ ފެނުގެ ނިޒާމު ނުވަތަ ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިނުވާ ހާލަތުގައި ފެން އުފެއްދުމަށާއި ނަޖިހާއި ނަޖިސްފެން ނައްތައިލާ ނިޒާމު ގާއިމްކުރުމަށެވެ.
(ތ) "އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނީ، ގޭބީސީތަކުގެ ޒަރޫރީ ބޭނުންތަކަށް ފެން ބޭނުންކުރުމަށެވެ.