ގާނޫނީ ރަދީފު
"ކަލެކްޓިވް ބަރގެއިނިންގ" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްގެން ހިންގާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތައް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ މެދުގައި ވަޒީފާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ވަކި ކަމެއް ހާސިލުކުރުމަށް ކުރާ ބަރގެއިނިންގ ނުވަތަ މުއާމަލާތްތަކާއި މަށްވަރާތަކަށެވެ.
"ކަލެކްޓިވް އެގްރީމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާސިލުވާ އެއްބަސްވުންތަކަށެވެ.
"ކަލެކްޓިވް މާރކް" ކަމަށް ބުނެފައި އެވަނީ، ކޯޕަރޭޓިވްއާއި، އެސޯސިއޭށަންއާއި، ސިނާއަތްތަކުގެ ނުވަތަ އުފެއްދުންތެރިންގެ ނުވަތަ ވިޔަފާރިވެރިންގެ ފެޑަރޭށަން ފަދަ ކަލެކްޓިވް ޖަމްއިއްޔާއަކަށް ނިސްބަތްވާ، އެ ކަލެކްޓިވް ޖަމްއިއްޔާއެއްގެ މެންބަރުންގެ މުދާ ނުވަތަ ހިދުމަތްތައް އެހެން ފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތުކޮށްދޭ މާރކަކަށެވެ.
"ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުކަން ޔަގީން ކުރުމުގެ ބޭނުމަށް ޓަކައި، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތަކުން ކަސްޓަމަރަށް ދީފައިވާ އެ ފަރާތަށް ހާއްސަކޮށްފައިވާ މައުލޫމާތަށެވެ.
"ކަސްޓަމަރު" ކަމަށް ބުނެފައި އެވަނީ، މުދާ ގަންނަ ފަރާތަށެވެ.
"ކަސްޓަމަރުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް އެކުޔަރކުރުމުގެ ހިދުމަތް ދިނުމުގައި ނުވަތަ ރެމިޓެންސް ހިދުމަތް ދިނުމުގައި ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރެއްގެ އަތުން، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ލިބިފައިވާ، އަދި މަސައްކަތު ދުވަހެއް ނިމޭއިރު އެ ފަރާތުގެ އަތުގައި ހުރި ފައިސާއަށެވެ.
"ކަސްޓަމްސްއަށް ރިޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ރިޕޯޓުކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ފުރިހަމަކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމަށެވެ.