ގާނޫނީ ރަދީފު
"އެކަށީގެންވާ ހާލަތްތައް" ކަމަށް ބުނެފައިއެވަނީ، އެ ހާލަތާ، ވަށައިގެންވާ ކަންކަންމާއި، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ސީރިއަސްކަމަށް ބަލައި، އެ މައްސަލައެއް ބަލާ މުއައްސަސާއަކުން ކަނޑައަޅާ ހާލަތްތަކަށެވެ.
"އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައިއުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.
"އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފުނުވާ ފަދަ އަދި ސާފުތާހިރު ހެދުމަށެވެ.
"އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ނުވަތަ "އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.
"އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ނުވަތަ "އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.
"އެކަށީގެންވާ ސަބަބު" ބޭނުންކޮށްފައި އެވަނީ، އެ ފަސިންޖަރަކަށް އަދި/ ނުވަތަ ޑްރައިވަރަށް އަދި/ނުވަތަ މަގުމަތީގައި ތިބި މީހުންނަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ދިމާވެދާނެކަމަށް އެކަށީގެންވާ މިންގަނޑުން ވަޒަންކުރެވޭ ހާލަތަށެވެ.
"އެކަށޭނަ އަގު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މާލީ ތަނަވަސްކަން ހުރި މިންވަރާއި ކަރަންޓުގެ ހިދުމަތުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތަށް ކަނޑައެޅޭ އަގަށެވެ.
"އެކަށޭނަ ފެންވަރު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.
(ނ) "އެކަކަށްވުރެ ގިނަ މީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައި އޮންނަ ގޯތި/ބޯހިޔާވަހިކަމުގެ ބޮޑުމިން ބެލުން" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީވެފައިވާ މީހުންގެ މެދުގައި ބަހައިލުމުން، އެ މީހަކަށް ޖެހޭ އަކަފޫޓަށެވެ.