ގާނޫނީ ރަދީފު
"އެނުއަލް ގްރޮސް ޕްރިމިއަމް" ކަމަށް ބުނެފައި އެވަނީ، އަހަރުގެ ތެރޭގައި ލިބިފައިވާ ޖުމުލަ ޕްރިމިއަމް އަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި އެނުއަލް ގްރޮސް ޕްރިމިއަމްގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ.
"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާ ލިބޭނެ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަށް ނުވަތަ މިނޫންވެސް ގޮތަކަށް، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް، ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހަކު ދެވޭ ވަކި އަދަދެއްގެ ފައިސާއަށެވެ.
"އެނޫންވެސް ގާނޫނީ ޑިގްރީ" އެއް ކަމަށް ބުނެފައިއެވަނީ، ބެޗެލަރ އޮފް ލޯޒް ފިޔަވައި ގާނޫނީ ދާއިރާއިން ހާސިލުކުރާ ފުރަތަމަ ޑިގްރީއަށެވެ. އެއީ، ގާނޫނީ ދާއިރާއާއެކު އެހެން ދާއިރާއެއް ހިމެނޭގޮތުން ފުރިހަމަކުރާ ފުރަތަމަ ޑިގްރީވެސް ހިމެނޭގޮތުންނެވެ.
”އެން.އެފް.ޕީ.އޭ“ ކަމުގައި ބުނެފައި އެވަނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނޭށަނަލް ފަޔަރ ޕްރޮޓެކްށަން އެސޯސިއޭށަންއަށެވެ.
"އެން.ޕީ.އެމް." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި، ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ (ކެޓް ކޮންވެންށަން) އާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިނގިޔަ ނުދިނުމަށް ޓަކައި ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާގެ (ނ) އިން ގާނޫނީގޮތުން ބާރުވެރިކުރުވައި ދިވެހިރާއްޖޭގައި ކަނޑައަޅައިފައިވާ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމަށެވެ.
"އެންކްރިޕްޓް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަކި އާލާތެއް ބޭނުންކޮށްގެން މެނުވީ ސިގްނަލް ނުލިބޭގޮތަށް ބްރޯޑްކާސްޓް ކުރުމަށެވެ.
"އެންކްލޭވް" ކަމަށް ބަޔާންކޮށްފައިވަނީ، ޑިޕްލޮމްޓިކް މިށަންތައް ގާއިމުކުރުމަށް ބިން ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކަށެވެ.
"އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި" ތަކުގެ ގޮތުގައި ބެލެވޭނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
"އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތަށް، ހިިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ ފީއަށެވެ.

"އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނ،ީ ކަރަންޓުގެ ހިދުމަތްތަކަށ،ް ހިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ އަގަށެވެ.
"އެންމެ މަތީ އިންޒާރު" ކަމުގައި ބާންކޮށްފައި އެވަނީ، ރާއްޖޭގައި ކާރިސާގެ ހާލަތްތައް ކަނޑައަޅައިފައިވާ ޕްލޭންތަކުގައި އެންމެ ނުރައްކާތެރި ކުއްލި ހާލަތުގެ ދަރަޖަ ކަނޑައެޅުމަށް ދެވޭ އިންޒާރަށެވެ.