ގާނޫނީ ރަދީފު
"އެހީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން ދެވޭ ހިލޭ އެހީއާއި، އަނބުރާ ދައްކާގޮތަށް، އިންޓްރަސްޓް ނުހިމެނޭގޮތަށް ދެވޭ އެހީ ހިމެނޭ ގޮތުންނެވެ.
"އެހީ އަށް އެދޭ ފަރާތް" ކަމުގައި ބުނެފައިވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓަމުންދާ 18 އަހަރު ނުފުރޭ ކުދިންގެ ގާނޫނީ ބެލެނިވެރިންނަށެވެ.
"އެހީ ލިބެންވާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި އެހީ ލިބުމަށް ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވެގެން، އެހީ ފޯރުކޮށްދެވޭ ފަރާތެއްކަމަށް ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
"އެހީ ލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމް މެދުވެރިކޮށް، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެހީ ދެވޭ ފަރާތްތަކަށެވެ.
"އެހީތެރިއަކު" ކަމުގައި ބުނެފައި އެވަނީ، ގޭންގަކަށް ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރަކަށް އެނގިހުރެ އެހީތެރިވެ ނުވަތަ ގޭންގެއްގެ ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރެއްގެ ގައިރު ގާނޫނީ ހަރަކާތުން މަންފާއެއް ލިބިގަންނަ ކޮންމެ ތަބީއީ ނުވަތަ ގާނޫނީ ށަހްސަކަށެވެ.
"އެހެނިހެން އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި، C1 އާއި، C2 ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ފިޔަވައި މުދާ ނުވަތަ ތަކެތި އުފުލާ އެހެން ކޮންމެ އެއްގަމު އުޅަނދަކަށެވެ. ދަމާގާޑިޔަލާއި، ވީލްބަރޯ ފަދަ ތަކެތި ވެސް މި ގަވާއިދުގެ ބޭނުމަށް އެހެނިހެން އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
"އެހެނިހެން އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކިބާވަތެއްގެ ހާއްސަ އުޅަނދެއް ދުއްވުމަށް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސްގައި އެ އުޅަނދެއްގެ ނަމާއި ރަޖިސްޓަރީ ނަންބަރު ޖެހު މަށްފަހު ދޫކުރާ ކެޓަގަރީއަށެވެ.
"އެހެނިހެން ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާ ގެ ފަންނީ ނުވަތަ އަމަލީ މަސައްކަތް ކުރާ ފަރާތްތަކެއް ތަމްސީލުކުރާ ޖަމްއިއްޔާތަކަށެވެ. މިސާލު: ކުއަންޓިޓީ ސަރވޭޔާޒް ޖަމްއިއްޔާއެއް ނުވަތަ ލޭބަރުންގެ ޖަމްއިއްޔާއެއް ނުވަތަ ދާއިރާއާ ގުޅޭ އިލްމީ ޕްރޮގްރާމްތަކާއި ތަމްރީނު ދިނުމުގެ މަސައްކަތްތަކާއި ހަރަކާތްތަކެއް ހިންގުމަށްޓަކައި އުފެއްދޭ ޖަމްއިއްޔާތަކެވެ.