ގާނޫނީ ރަދީފު
"އެހެނިހެން އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކިބާވަތެއްގެ ހާއްސަ އުޅަނދެއް ދުއްވުމަށް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސްގައި އެ އުޅަނދެއްގެ ނަމާއި ރަޖިސްޓަރީ ނަންބަރު ޖެހު މަށްފަހު ދޫކުރާ ކެޓަގަރީއަށެވެ.
"އެހެނިހެން ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާ ގެ ފަންނީ ނުވަތަ އަމަލީ މަސައްކަތް ކުރާ ފަރާތްތަކެއް ތަމްސީލުކުރާ ޖަމްއިއްޔާތަކަށެވެ. މިސާލު: ކުއަންޓިޓީ ސަރވޭޔާޒް ޖަމްއިއްޔާއެއް ނުވަތަ ލޭބަރުންގެ ޖަމްއިއްޔާއެއް ނުވަތަ ދާއިރާއާ ގުޅޭ އިލްމީ ޕްރޮގްރާމްތަކާއި ތަމްރީނު ދިނުމުގެ މަސައްކަތްތަކާއި ހަރަކާތްތަކެއް ހިންގުމަށްޓަކައި އުފެއްދޭ ޖަމްއިއްޔާތަކެވެ.
"އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ނުވަތަ "ސަބްސިޑިއަރީ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:
-
- އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ކޮންޓްރޯލްކުރެވޭ ފަރާތަކަށް؛ ނުވަތަ
- އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅާފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ޑިވިޑެންޑްގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.
ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ ބޭނުމަށްޓަކައި (ކުންފުނި A)، އެހެން ކުންފުންޏެއްގެ (ކުންފުނި B) ގެ ސަބްސިޑިއަރީ ކުންފުންޏަކަށްވެފައ،ި ދެވަނައަށް ބުނެވުނު ކުންފުންޏަކީ (ކުންފުނި B) އެހެން ކުންފުންޏެއްގެ (ކުންފުނި C) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، ފުރަތަމަ ބުނެވުނު ކުންފުންޏަކީ (ކުންފުނި A) އެންމެފަހުން ބުނެވުނު ކުންފުނީގެވެސް (ކުންފުނި C) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މާނަކުރެވޭނެއެވެ.
"އެނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައިވާހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ. ޑަބަލް އެނދަކީ ދެ އެނދެވެ. އަދި ސންގަލް އެނދަކީ އެއް އެނދެއެވެ. ޑަބަލް އެނދުގެ ސައިޒާއި ސިންގަލް އނދުގެ ސައިޒު "ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (2009)" ގެ ޖަދުވަލުގެ 16 ވަނަ މާއްދާގެ (ރ) ގެ (1) ގައި ބަޔާންކުރެވިފައި އެވަނީއެވެ.
"އެނދު" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގައި ބަޔާންކޮށްފައިވާ ސައިޒުތަކާއި މިންގަނޑަށް ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައި ހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ.
"އެނދުމަތިކުރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކޮށްގެން ފަރުވާދިނުމުގެ ހިދުމަތަށެވެ.
"އެނަރޖީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި، ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް، ސަރުކާރުން ކަނޑައަޅާފައިވާ މުއައްސަސާއަށެވެ.
"އެނަރޖީ ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، ކެފެއިން އެކުލެވޭ ނުވަތަ އެކުނުލެވޭ ސޮފްޓް ޑްރިންކުތަކު ގެ ތެރެއިން ޓޯރައިން، ގުއަރާނާ ފަދަ ސްޓިމިއުލެންޓްސް އެކުލެވ،ޭ އޭގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދޭ ބުއިންތަކަށެވެ. މީގެ އިތުރުން، މިފަދަ ބުއިންތައް ގިންތިކުރުމުގައި ލޭބަލުކޮށްފައިވާ ގޮތަށާއި އެ މުދާ ބްރޭންޑުކޮށް މާކެޓުކުރާ ގޮތަށް ބެލެވޭނެއެވެ.
"އެނުއަލް ގްރޮސް ޕްރިމިއަމް" ކަމަށް ބުނެފައި އެވަނީ، އަހަރުގެ ތެރޭގައި ލިބިފައިވާ ޖުމުލަ ޕްރިމިއަމް އަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި އެނުއަލް ގްރޮސް ޕްރިމިއަމްގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ.
"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާ ލިބޭނެ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަށް ނުވަތަ މިނޫންވެސް ގޮތަކަށް، ޕެންށަން ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް، ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހަކު ދެވޭ ވަކި އަދަދެއްގެ ފައިސާއަށެވެ.
"އެނޫންވެސް ގާނޫނީ ޑިގްރީ" އެއް ކަމަށް ބުނެފައިއެވަނީ، ބެޗެލަރ އޮފް ލޯޒް ފިޔަވައި ގާނޫނީ ދާއިރާއިން ހާސިލުކުރާ ފުރަތަމަ ޑިގްރީއަށެވެ. އެއީ، ގާނޫނީ ދާއިރާއާއެކު އެހެން ދާއިރާއެއް ހިމެނޭގޮތުން ފުރިހަމަކުރާ ފުރަތަމަ ޑިގްރީވެސް ހިމެނޭގޮތުންނެވެ.