ގާނޫނީ ރަދީފު
"އުފައްދާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކާބޯއެއްޗެއްގެ ބާވަތެއް ތައްޔާރުކޮށްފައިވާ ނުވަތަ ހަދާފައިވާ ފަރާތަށެވެ. އަދި ކާބޯއެއްޗެއް ތައްޔާރުކުރުމަކާ ނުލައި އެ އެއްޗެއް އުފެއްދި ފަރާތުގެ ގޮތުގައި އެ އެއްޗެއްގައި އެއްވެސް ފާހަގައެއް ޖަހައި ލޭބަލެއް ކޮށްފި މީހަކު ބެލެވޭނީ މި މާނައިގެ ދަށުން އުފައްދާ ފަރާތެއް ކަމުގައެވެ.
"އުފުރުން" ކަމަށް ބުނެފައި އެވަނީ، ރުކެއް ނުވަތަ ގަހެއް މޫތަކާއެކު ނުވަތަ މުލާ ނުލައި އުފުރުމަށެވެ.
"އުފުރުން" ކަމަށް ބުނެފައިއެވަނީ، ރުކެއް ނުވަތަ ގަހެއް ހުރިތަން ނޫން އެހެން ތަނަކަށް ނުވަތަ އެހެން ރަށަކަށް ގެންދިއުމުގެ ބޭނުމުގައި، މޫތަކާއެކު އުފުރުމަށެވެ.
"އުފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ ތަކެތި ފިޔަވައި، އެ ނޫން ހުރިހާ ބާވަތެއްގެ މުދަލަށެވެ.
"އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ތަކެތިން ކާބޯއެއްޗެއް ހެދުމަށްޓަކައި ޕްރޮސެސްކުރުމަށް ނުވަތަ ޓްރީޓްމަންޓް ދިނުމަށެވެ. ކާބޯތަކެތި އުފެއްދުމަށްފަހު ސަބް ޕްރޮސެސްއެއް ކުރާނަމަ އެކަންވެސް މި މާނައިގައި ހިމެނެއެވެ.
"އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ސިންގަލް-ޔޫސް ޕްލާސްޓިކްގެ 2 ބާވަތެއް ބާޒާރަށް ނެރުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.
"އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ" ނުވަތަ "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްޗެއް އުފައްދާ ނުވަތަ އެތެރެކުރާ ފަރާތަކުން، އެ އެއްޗެއްގެ ބޭނުންތެރިކަން ނެތި ކުންޏަށް ބަދަލުވުމުން އެ މެނޭޖުކުރުމުގައި އަމަލީ ގޮތުންނާއި މާލީގޮތުން އުފުލަންޖެހޭ ޒިންމާއަށެވެ.
"އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކުންޏަށް ބަދަލުވުމަށްފަހު އެއެއްޗެއް ކުނީގެ ގޮތުގައި މެނޭޖުކުރުމަށް އުފެއްދި ނުވަތަ އެތެރެކުރި ފަރާތުން އެކުނި މެނޭޖުކުރުމުގައި އުފުލަންޖެހޭ އިތުރު ޒިންމާއަށެވެ.