gaanoon_logo
-
ޖިންސީ ގުނަވަނެއް
"ޖިންސީ ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، ފިރިހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށެވެ. އަންހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށާއި މޭމައްޗަށެވެ. މީގެއިތުރުން، މި ގާނޫނުގައި ބަޔާންވެގެންވާ ރޭޕްގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ ގޯނާގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ އަމަލުގެ މަހައްލުގައި، ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތްވެސް ޖިންސީ ގުނަވަނެއްގެ މާނައިގައި ހިމެނިގެންވެއެވެ.
ޖިންސީ ގުނަވަން

"ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ

ޖިންސީ ގުނަވަން

"ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ.

ޖިންސީ ގުނަވަން ނޫން ގުނަވަނެއް
"ޖިންސީ ގުނަވަން ނޫން ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރަގަސްފަރާތަށް ނުވަތަ އަނގައަށެވެ.
ޖިންސީ ގޯނާ
"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާއަށް ކުރިމަތިކުރުވާ، ނުވަތަ ތަހައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ އަމަލަކަށެވެ. އެއީ، ކުއްޖާއާ އާއިލީ ގުޅުމެއް އޮތް މީހެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އެނޫން ފަރާތެއްގެ ކިބައިން ކަމުގައިވިޔަސްވެސްމެއެވެ
ޖިންސީ ގޯނާ

"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި އަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ

ޖިންސީ ގޯނާ

"ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި އަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ.

ޖިސްމާނީ ރައްކައުތެރިކަން (ވިސްލްބްލޯކުރުމާއި ގުޅޭ)

"ޖިސްމާނީ ރައްކައުތެރިކަން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯ ކުރީތީ، ވިސްލްބްލޯ ކުރި ފަރާތަށް ނުވަތަ އޭނާގެ އާއިލާއަށް ޖިސްމާނީގޮތުން ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮވެގެން ނުވަތަ އޭނާގެ މުދަލަށް ގެއްލުމެއް ލިބިދާނެ ބިރު އޮވެގެން، ގަވާއިދުގެ މާއްދާގެ ދަށުން ހިއުމަންރައިޓްސް ކޮމިޝަނަށް އެކަން ހުށަހެޅުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާއާއި އޭނާގެ އާއިލާއާއި މުދަލަށް ލިބެންޖެހޭ ރައްކައުތެރިކަމާއ ޙިމާޔަތަށެވެ.

ޖިސްމާނީ އަނިޔާ
"ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ބާރުގެ ބޭނުންކޮށްގެން ނުވަތަ އެއްޗެއް ބޭނުންކޮށްގެން ކުއްޖާގެ ހަށިގަނޑުން ބަޔަކަށް ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭ އަނިޔާއަށެވެ. މިފަދަ އަނިޔާގެ ތެރޭގައި، ކަފައިގެންގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައި ހުންނަ ތަންތަނާއި، ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ލަކުނާއި، ކަށީގައި ލާފައި ހުންނަ ރެނދު (ފްރެކްޗަރ) ނުވަތަ ކަށްޓަށް ލިބިފައިވާ އެނޫންވެސް ގެއްލުމާއި، ހުޅުން ނައްޓައިގެން ދިއުމާއި، އެނބުރުމާއި، ލޭފޭބުމާއި، ނާރެއް (ވިސްކަސް) ފަޅައިގެން ދިއުމާއި، ފިހިފައިވާ ތަންތަނާއި، ފޮޅާއި، ހޭވެރިކަމަށް ނުވަތަ ފިޒިއޮލޮޖިކަލް ފަންކްށަނިންގ ހުއްޓުން ނުވަތަ އެކަމަށް ބަދަލެއް އައުމާއި، އިސްތަށި ނުވަތަ ދަތަށް ލިބޭ ގެއްލުން ހިމެނެއެވެ.
ޖިސްމާނީ އަނިޔާ

"ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް އެއްވެސް ޖިސްމާނީ އަނިޔާގެ އަމަލެއް ހިންގުމަށް ނުވަތަ ހިންގަފާނެކަމުގެ ބިރުދެއްކުމަށެވެ.

ޖީ.އެސް.ޓީ ބަޔާން
"ޖީ.އެސް.ޓީ ބަޔާން" ކަމަށް ބުނެފައި އެވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) ގެ 27 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހަޅާ ބަޔާނަށެވެ.
ޖުމްލަ އާމްދަނީ
"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ވިއްކައިގެން ލިބޭ ޖުމްލަ އަދަދުން އެއްވެސް ހަރަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އަންނަ ޖުމްލަ އަދަދަށެވެ.
ޖުމްލަ އާމްދަނީ
"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސްނެގުމުގެ ގާނޫނު) ‏12‏ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އެނޫން އާމްދަނީގެ ޖުމްލައިން އެއްވެސް އަދަދެއް އުނިކުރުމުގެ ކުރިން އޮންނަ އަދަދަށެވެ. (ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސްނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ށރ) )
ޖުމްލަ އާމްދަނީ
"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގޭ ފައިދާއާގުޅޭ ގޮތުން މި ގާނޫނާއެއްގޮތަށް އެއްވެސް އަދަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އެ ފައިދާތައް ހިސާބުކުރުން ބިނާކުރި އާމްދަނީއަށެވެ.
ޖުމްލަ ދަރަނި
"ޖުމްލަ ދަރަނި" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ނަމުގައި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަންޏާއި ރާއްޖޭގެ އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.