ގާނޫނީ ރަދީފު
"ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަ ށް ކަންކަން ވިލަރެސްކޮށްދޭ ފަރާތަށެވެ.
"ޑިސްޓްރިބިއުށަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް މަސްތުވާތަކެތި ފޯރުކޮށްދެވިދާނެ އެއްވެސް އަމަލެއް ހިންގުމަށެވެ.
"ޑިސްޕެންސަރ" ކަމަށް ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް މިނެ ދޫކުރުމަށް ބޭނުންކުރާ ޕަމްޕަށެވެ.
"ޑިސްޕޯސްކުރުން" ކަމަށް ބުނެފައި އެވަނީ، އެންމެފަހު ފިޔަވަޅެއްގެގޮތުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށެވެ.
"ޑިޒައިންކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކުރުމުގެ މަސައްކަތް ކުރެވޭ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.
"ޑިޒަިންކުރި ފަރާތް" ނުވަތަ "ޑިޒައިނަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ލައިސަންސްޑް އާކިޓެކްޓުންނަށާއި ލައިސަންސްޑް އިންޖިނިއަރުންނަށެވެ.
"ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބަލަހައްޓާ ކޮސްޓް ސެންޓަރުތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކޮށްފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ލަފުޒު ބޭނުންކުރެވޭ މަރުހަލާތަކުގައި އެކަންޏެވެ.
"ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށެވެ.
"ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްޒޭ ށަން" ނުވަތަ "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ މައުލޫމާތު ރަޖިސްޓަރީކުރުން ހިމެނޭ ގޮތުން ސިވިލް ރެޖިސްޓްރ ށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ އާންމު ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.