ގާނޫނީ ރަދީފު
"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީގެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.
"ލައިސަންސް ދޫކޮށްފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ލައިސަންސް ދީފައިވާ ސެކިއުރިޓީޒް ޑިޕޮސިޓަރީއަށެވެ.
"އިސް އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމާއި ހިންގުމުގެ މަސްއޫލިއްޔަތުތައް މަގާމުގެ ހައިސިއްޔަތުން ހަވާލުކޮށްފައިވާ ކޮމިށަންޑް އޮފިސަރުންނަށެވެ.
"އިސްތިހާރުކުރުން" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުން މަނާކޮށްފައިވާ ކަމެއް ކުރުމަށް ކުރާ އިސްތިހާރަށެވެ. ނަމަވެސް، ދިރޭތަކެއްޗާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލުތައް ޕްރޮމޯޓު ކުރުމަށް ކުރާ އިސްތިހާރު މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
"އިސްތިންތާޖު" ކަމަށް ބުނެފައި އެވަނީ، ދޭހަކުރެވޭގޮތަށް ނުވަތަ ނެރެވޭ ނަތީޖާއަށެވެ.
"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މަދަނީ މައްސަލައެއްގެ ހުކުމެއް ނުވަތަ އެފަދަ ކޯޓަކުން ކުރާ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމަށެވެ.