ގާނޫނީ ރަދީފު
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ފަރާތްތައް ވަޒީފާ އަދާކުރާ އޮފީހުގެ ނުވަތަ ތަނުގެ ހަތަރުފާރުން އެތެރެއަށެވެ. ހާމަކޮށް ފެންނަން އޮންނަ ގޮތަށް ހަތަރުފާރު ނެތް އަދި ހިޔާކޮށްފައިނުވާ ތަންތަން މާނައިގެ ތެރެޔަކު ނުހިމެނޭނެއެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، ދާއިމީގޮތުން ނުވަތަ ވަގުތީގޮތުން ހިޔާކޮށްފައިވާ ތަންތަނާއި، އެ ތަން ތަނުގައި ހުންނަ ސިޑި، ސިޑި ގޮޅ،ި ކޮރިޑޯ، ބެލްކަނ،ި ޓެރަސް، ލިފްޓ،ް ލޮބ،ީ ޕޯޓިކޯ، ޕޫލ،ް ޕާކިންގ އޭރިއާ، ވައިގޮޅ،ި ވޯކްވޭމ ބަގީޗާ ފަދަ އިމާރާތް ތެރޭގައި ހަދައިފައިވާ ހާމަ ތަންތަނާއި އަދި މި ނޫން ވެސް އިމާރާތާއި ގޯތިތެރޭގައި އާންމުކޮށް ބޭނުންކުރަން ހުންނަ ހުސްތަންތަނަށެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސުކޫލުތަކާއި، ށޮޕިންގ ސެންޓަރުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކަށެވެ.
"އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތް ކުރާ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް އަދި ބެލެހެއްޓުމަށެވެ.
- އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛
- އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް؛
"އިމާރާތްކުރަމުންދާ ތަންތަން" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ހިނގަމުންދާ ކޮންމެ ތަނަކަށެވެ. މި މާނައިގެ ތެރޭގައި، މަރާމާތުކުރާ ތަންތަނާއި، އާބާތުރަފިލުވުމުގެ މަސައްކަތްކުރާ ތަންތަނާއި، އެފަދަ މަސައްކަތެއް ކުރަން ފެށުމަށްފަހު އެއްކޮށް ނުނިމި ހުންނަ އިމާރާތުގެ ބައިތައްވެސް ހިމެނެއެވެ.
"އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛
- އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއްކަމުގައިވާ ހާލަތުގައި:
i .އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
ii .އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް. - އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
- އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.
"އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓުގެ ނިޒާމާއި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.
"އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ތެރޭގައި ބޭނުންކުރާ ތަކެއްޗާއި އާލާތްތަކުގެ އިތުރުން، އިމާރާތްކުރަމުންދާ ތަނުގައި ހަރުކުރުމަށްޓަކައި ބޭނުންކުރެވޭ ތަކެތިވެސް ހިމެނޭ ގޮތަށެވެ.
"އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ މި ގަވާއިދުގެ މަގްސަދުގައި ހިމެ ނޭ ނުވަތަ އިމާރާތްކުރުމުގެ ގާނޫނުން މި ގަވާއިދުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަންކަމުން ކަމެއް މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެކަމެއް ނިންމުމާއި އަދި އިމާރާތްކުރުމުގެ ގާނޫނާއި ހިލާފުވެގެން ހުށަހެޅޭ މައްސަލަތަކާއި ރައްކައުތެރިނޫން ތަންތަނާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކާއި އެފަދަ މައްސަލަތަކާއި ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދޭ ކޮމިޓީއަށެވެ.