gaanoon_logo
-
އިކޮނޮމިކް ކައުންސިލް

"އިކޮނޮމިކް ކައުންސިލް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާގުޅޭ ކޮމިޓީއަށެވެ.

އިކޯ ސިސްޓަމް

އިކޯ ސިސްޓަމް ކަމަށް ބުނެފައި އެވަނީ، އެންމެހައި ދިރުންތަކާއި އެއްޗެތީގެ ވަށައިގެންވާ މާހައުލާއި، އެތަކެއްޗާއި މާހައުލާ ލާމެހިގެން އޭގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ނިޒާމަކަށެވެ.

އިކޯސިސްޓަމް އެޕްރޯޗް
"އިކޯސިސްޓަމް އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ގުޅިލާމެހިފައިވާ ރާވައި، ހިންގައި އަދި ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިން އައްސޭރިފަށާއި ކަނޑުގެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތައް އަދި މާހައުލީ ނިޒާމު ރައްކާތެރިކޮށް އެ ވަސީލަތްތަކުގެ ދެމެހެއްޓެނި ބޭނުން ހިފުމަށެވެ.
އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ
"އިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ" ކަމަށް ބުނެފައި އެވަނީ، މާހައުލީ ނިޒާމުގައިވާ ދިރުންތަކުގައި ޖެނެޓިކް ނުވަތަ ޖީންތަކުގެ ސިންދަފާތުކަމަށެވެ.
އިއުތިރާފު

"އިއުތިރާފު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ގެ ތުހުމަތުކުރެވޭ މީހާ އޭނާއާމެދު ތުހުމަތުކުރެވޭ ކުށުގެ އެންމެހައި އުންސުރުތަކަށް، އެއްވެސް މަޖުބޫރުކުރުވުމެއް ނެތި، ބުއްދި ސަލާމަތުންހުރެ، އަމިއްލަ އިހްތިޔާރުގައި އެއްބަސްވާ އެއްބަސްވުމަށެވެ.

އިއުތިރާޒުކުރާކަމުގެ އެންގުން
"އިއުތިރާޒުކުރާކަމުގެ އެންގުން" ކަމަށް ބުނެފައި އެވަނީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިއުތިރާޒުކުރާކަމުގެ އެންގުމެއް އެންގުމުގެ ގޮތުން ޓެކްސް ދައްކާ ފަރާތުން ހމީރާއަށް ހުށަހަޅާ ލިޔުމަށެވެ.
އިވުނު ކަމަށް ބުނާ ހެކި

"އިވުނު ކަމަށް ބުނާ ހެކި" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާގެ ހިއްސަކުން އޭނާއަށް ކަނޑައެޅިގެން ފެނުނު ނުވަތަ އިވުނު ނުވަތަ އިހްސާސްކުރެވުނު އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި އެއްޗެއް ނުވަތަ ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް ނުވަތަ އިހްސާސްކުރެވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސް ދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.

އިވެންޓު
"އިވެންޓު" ކަމަށް ބުނެފައިއެވަނީ، ޖަލްސާތަކާއި، އެއްވުންތަކާއި، ބައްދަލުވުންތަކާއި، އިންޓަވިއުތަކާއި، ޙަފްލާތަކާ އެނޫންވެސް ގިނަ ޢަދަދެއްގެ މީހުން އެއްވާ، ރާވައިގެން ހިންގާ އެއްވުންތަކަށެވެ.
އިމަރޖެންސީ ހޮޓްލައިން

"އިމަރޖެންސީ ހޮޓްލައިން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގައި ދިމާވެދާނެ އިމަރޖެންސީ ހާލަތަކާ ގުޅޭގޮ ތުން އެ ތަނުގައި އުޅޭ ފަތުރުވެރިންނާއި މުވައްޒަފުން އެ މައުލޫމާތު އެ ތަނަކާ ހިއްސާކުރުމަށް އެ ތަނަކުން ކަނޑައަޅައިފައިވާ ފޯނު ނަންބަރަށެވެ.

އިމަރޖެންސީ ލައިޓް

"އިމަރޖެންސީ ލައިޓް" ކަމުގައި ބުނެފައި އެވަނީ، އިލެކްޓްރިކް ކަރަންޓު ކެނޑިއްޖެ ހިނދެއްގައި، އޭގެ އަމިއްލަ ޒާތުގައި ދިއްލޭ ގޮތަށް އުފައް ދައިފައި ހުންނަ ބޮތްކާއި ހޮޅިބުރި ފަދަ ތަކެއްޗަށެވެ.

އިމަޖެންސީ ހާލަތް

"އިމަޖެންސީ ހާލަތް" ކަމަށް ބުނެފައި އެވަނީ އިމަޖެންސީ ހާލަތަކީ، ކާރިސާތައް ކުރިމަތިވެގެންއުޅޭ ދަނޑިވަޅުތަކާއި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާ ހާލަތްތަކެވެ.

އިމާރާތުގެ ކުރެހުމަށް ގެނެވޭ ބަދަލެއް

"އިމާރާތުގެ ކުރެހުމަށް ގެނެވޭ ބަދަލެއް" ކަމަށް ބުނެފައި އެވަނީ އެ އިމާރާތަކަށް ކުރެހުން ފާސްކޮށްފައިވުމާއެކު، ފާސްކޮށްފައިވާ ކުރެހުމުގެ މުއްދަތު ހަމަނުވަނީސް ސްޓްރަކްޗަރ ގެ މައި އޮނިގަނޑަށް ބަދަލެއް އައުމަކާ ނުލާ އިމާރާތުގެ ކުރެހުމުގައި ހިމެނޭ ބައިތަކަށް ގެނެވޭ ބަދަލެއް ނުވަތަ އުނިއިތުރެކެވެ.

އިމާރާތުގެ ވިޑްތް ކޮއިފިށަންޓް

"އިމާރާތުގެ ވިޑްތް ކޮއިފިށަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން، އިމާރާތުގެ ބޮޑުމިން (އޭރިޔާ) އިން ގެއްލުމުން ލިބޭމިނަށެވެ.

އިމާރާތުގެ ފުޓްޕްރިންޓް

"އިމާރާތުގެ ފުޓްޕްރިންޓް" ކަމަށް ބުނެފައި އެވަނީ، ތިރީބުރީގައި އިމާރާތް ނުކޮށް ދޫކޮށްފައިވާ ހުސް ޖާގަ ނުހިމަނައި، ތިރީބުރި ހިމެނޭ ބިމުގެ ބޮޑުމިން (އޭރިޔާ) އެވެ.

އިމާރާތެއް ގައި ދިރިއުޅުމަށް ބޭނުންކުރާ ބައެއް

"އިމާރާތެއް ގައި ދިރިއުޅުމަށް ބޭނުންކުރާ ބައެއް" ކަމަށް ބުނެފައި އެވަނީ ދިރިއުޅުމަށް ބޭނުންކުރާ އެޕާރޓްމަންޓެއް، ގޭބީސީއެއް އަދި ގޭގައި އުޅޭ ފަރާތްތަކާއި އެޕާރޓްމަންޓް ތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ބޭނުމަށް ހަދާފައި ހުންނަ ޖިމެއް، އޮފީހެއް، ލޯންޑްރީއެއް، ފާހާނާއެއް ، ބަދިގެއެއް، ސިޓިންގ ރޫމެއް، މަލްޓި ޕަރޕޯސް ރޫމެއް، ކޮޓަރިއެއް ފަދަ ތަންތަނެ