ގާނޫނީ ރަދީފު
"މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސްވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮ ށްލުމުގެ ބޭނުމުގައި މޫދަށް އެރިއުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.
"މޫދު" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ގޮނޑުދޮށުން ފެށިގެން ކަނޑުތޮށްޓާ ދެމެދުގައިވާ ފަޅުގެ ސަރަހައްދަށެވެ.
"މޫދު ކުޅިވަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަން ކަމަށް މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންތަނުން އިންތިޒާމު ކޮށްދޭ ސްނޯރކްލިންގ، ސަރފިންގ، ޖެޓް ސްކީންގ، ސްވިމިންގ، ޑައިވިންގ ފަދަ، މޫދުގައި ހިންގޭ ހަރަކާތްތަކަށެވެ.
"މެނިފެސްޓޯ" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ކުރުމަށް ގަސްތުކުރާ ކަންތަކަށެވެ.
"މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދުން ދަތުރުކުރާ މީހުންގެ އަދަދާއި އެ މީހުން ނިސްބަތްވާ ގައުމު އެނގޭނެގޮތަށް ތައްޔާރު ކުރާ ލިޔުމަށެވެ.
"މެނޭޖްމަންޓް ރެޖިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގައި ގާނޫނީގޮތުން ތަންފީޒީ ބާރު ލިބިގަތުމަށް ޓަކައި ވަކި ގަވާއިދެއް އެކުލަވައިލަންޖެހޭ (މި ސަރަހައްދުގެ ފީ ނެގުމާއި، ހުއްދަ ދޫކުރުމާއި، ޖޫރިމަނާ/ފިޔަވަޅުއެޅުން ފަދަ) ކަންކަމުގައި އެކުލަވައިލެވޭ، މި ސަރަހައްދަށް ހާއްޞަ މެނޭޖްމަންޓް ގަވާއިދަށެވެ.
"މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33) 95 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއްގެ އާންމު ތަންތަނާއި އާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ އިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި އުފައްދާ ކޯޕަރޭށަނަކަށެވެ.
"މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގެ ލަނޑުދަނޑިތަކާއި، މަގުސަދުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، މި ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް، މި ކަންކަން ކުރާނެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިގު މުއްދަތުގެ (އާންމުގޮތެއްގައި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ) ސްޓްރެޓަޖީއަކާއެކު އެކުލަވައިލެވޭ ރަސްމީ ޕްލޭނަށެވެ.