ގާނޫނީ ރަދީފު
"އިންޓަރނޭށަނަލް ހެލްތް ރެގިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ނެރެފައިވާ "އިންޓަރނޭށަނަލް ހެލްތް ރެގިއުލޭށަން 2005 "ގެ ދެވަނަ އިސްދާރުގައި ބުނެފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށެވެ.
"އިންޓަރނޭށަނަލް ބީލަންތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ބިދޭސީ ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވައިލާ ބީލަންތަކަށެވެ.
"އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯޑް ލައިންސް 1966" ކަމަށް ބުނެފައި އެވަނީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި މުދާ އުފުލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް އަންގައިދިނުމުގެ ގޮތުން ދުނިޔޭގެ ކަނޑު ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާއިން އެކުލަވައިލައިފައިވާ މުއާހަދާއަށެވެ.
"އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލް" ކަމަށް ބުނެފައި އެވަނީ،ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކުރާ މަސައްކަތެއް ނުވަތަ އެ އުޅަނދުފަހަރަށް ދިމާވާ ހާލަތެއް އެހެން ފަރާތްތަކަށް އަންގައިދިނުމަށް ޓަކައި (ނެވިގޭށަނަލް ސޭފްޓީ) މުއާސަލާތު ކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރާ ދިދަތަކާއި އަޑުތަކާއި ނިށާންތަކަށެވެ.
"އިންޓަރނޭށަނަލް ކޯޑް ފްލެގް ބީ" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލްގައި ހިމެނޭ "ބްރާވޯ" ދިދައަށެވެ. ބްރާވޯ ދިދައިން ދޭހަކޮށްދެނީ، އެ އުޅަނދުން ނުރައްކައުތެރި މުދާ އުފުލަމުންދާކަން ނުވަތަ ނުރައްކައުތެރި މުދާ އަރުވައި ބާލަމުންދާކަމުގެ ސިގްނަލަށެވެ.
"އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ ކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ "އެކުވެރި ދައުލަތްތައް" (ޔުނައިޓެޑް ނޭށަންސް) ގެ އިދާރާއަށެވެ.
"އިންޓަރކަނެކްށަން އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-43) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާގުޅޭ އެއްބަސްވުމަކަށެވެ.
"އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.
"އިންޓަރޖެނެރޭށަނަލް އިކުއިޓީ" ކަމަށް ބުނެފައި އެވަނީ، ޖީލުތަކުގެ ގިންތީގެ ހަމަހަމަކަމަށެވެ.