ގާނޫނީ ރަދީފު
"ސަރުކާރުގެ އޮފީސް" ކަމުގައި ބުނެފައި އެވަނީ ގާނޫނަކުން، ނުވަތަ އިދާރީގޮތުން ސަރުކާރުގެ ބޭނުންތަކަށްޓަކައި އުފައްދައި ނުވަތަ ހިންގަމުންގެންދާ އޮފީސްތަކަށާއި، މަގާމުތަކަށާއި، އިދާރާތަކަށެވެ.
"ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮތް ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސ،ާ ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުންޏަށެވެ.
"ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.
"ސަބަބުވެރި ބަދަލުތައް" ނުވަތަ "ރީޒަނަބްލް އެޖަސްޓްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.
"ސަބަބުވެރި އަދި ބަދަލު" ކަމަށް ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި، އަދި އެ މީހުންގެ އަސާސީ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި، ނިސްބަތުން ބޮޑު ނުވަތަ ނާޖާއިޒު ބުރައަކަށް ނުވާނޭހެން، އެކި ހާލަތްތަކުގައި ކޮންމެހެން ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކަށެވެ. ސަބަބުވެރި ބަދަލުތަކަކީ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނެވޭނެ ބަދަލުތަކެވެ.
"ސަބަބުވެރި އިންސާނާ" ކަމަށް ބުނެފައި އެވަނީ، ކަންކަމުގައި ބުއްދިވެރިކޮށް ވިސްނައިގެން ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ މީހުންނަށެވެ.