gaanoon_logo
-
ގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް
"ގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެއާމެދު ޢަމަލުކުރެވިފައިވާ ޕެސްޓިސައިޑަށެވެ (1) އޭގައި ހިމެނޭ މާއްދާއެއް އެކުގައި ނުވަތަ މާއްދާއެއްގެ ބައެއް އުނިކުރުން؛ (2) އޭގައި ހިމެނޭ ބާވަތެއް އެކުގައި ނުވަތަ އެއިން ބައެއް ބަދަލުކުރުން؛ (3) އޭގެ ބަރުދަން ނުވަތަ ބޮޑުމިން އިތުރުކުރުމަށް، ނުވަތަ އޭގެ ފެންވަރު ދަށްކުރުމަށް ނުވަތަ ބާރު ކުޑަކުރުމަށް، ނުވަތަ އޭގެ އަސްލު ފެންވަރަށްވުރެ ފެންވަރު މަތިކަމަށް ނުވަތަ އަސްލު އަގަށްވުރެ އަގުހުރި އެއްޗެއްކަމަށް ދެއްކުމުގެ ގޮތުން، އޭގެ ތެރެއަށް އެހެން ބާވަތެއް އިތުރުކުރުން ނުވަތަ އެއްކުރުން ނުވަތަ އެއާއެކު އެހެން ބާވަތެއް ބަންދުކުރުން؛ (4) އޭގެ ފެންވަރު ދަށްކަން ނުވަތަ ލިބިފައިވާ ގެއްލުން އެއްވެސް ގޮތަކުން ފޮރުވުން؛ (5) އޭގައި ހިމެނޭ އެއްވެސް ބާވަތެއް، ލޭބަލްގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ނުވަތަ ގަވާއިދުގައި ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރުކުރުން؛ (6) އޭގެ އަސްލަށް، ބާވަތަށް، ނުވަތަ ފެންވަރަށް އަސަރުކޮށްފައިވުން.
ގަޒާއީ އުރުފު

"ގަޒާއީ އުރުފު" ކަމަށް ބުނެފައި އެވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ށަރުއީ އުސޫލެއް މާނަކުރުމުގައި ވަކި ކޯޓަކުން ނުވަތަ ތަފާތު އެކިއެކި ކޯޓުތަކުން ވަކި ކަމެއް އެއްގޮތަކަށް، އެކިއެކި ދުވަސްވަރުގައި، ނިންމަމުން ގޮސް އެކަން އާދަކާދަ/އުރުފު/ކަސްޓަމް ގެ ގޮތުގައި ބަލާއިގަނެވޭ މިންވަރަށް ދިއުމެވެ.

ގަޔަށް އަތްލުން
"ގަޔަށް އަތްލުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ހަށިގަނޑުގައި މީހެއްގެ ގުނަވަނަކުން ނުވަތަ އެއްޗެއް މެދުވެރިކޮށް ބީހުމަށެވެ.
ގާނިށީ

"ގާނިށީ" ކަމަށް ބުނެފައި އެވަނީ، ދަރަނިވެރިޔަކު ދައްކަންޖެހޭ ސާބިތު ދަރަންޏަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރާ، އަދި އެ ދަރަނިވެރިޔާގެ ފައިސާ އެފަރާތެއްގެ ކިބައިގައިވާ ތިންވަނަ ފަރާތަށެވެ.

ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް
"ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް" ކަމަށް ބުނެފައި އެވަނީ، 18 ޖުލައި 2011 އަށެވެ.
ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން
"ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ.
ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން
"ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ.
ގާނޫނާ ހިލާފުވާ ކުޑަކުދިން
"ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ.
ގާނޫނާ ހިލާފުވާ ކުޑަކުދިން ނުވަތަ ތުހުމަތުގައިވާ ކުދިން ނުވަތަ ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން
"ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ނުވަތަ "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ."
ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން

"ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު، 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އަދި އިސްވެ ބަޔާންކޮށްފައިވާ ގާނޫނާއި ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާބެހޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

ގާނޫނީ ހިދުމަތް

"ގާނޫނީ ހިދުމަތް" ނުވަތަ "ގާނޫނީ މަސައްކަތް” ނުވަތަ "ގާނޫނީ އެހީތެރިކަން" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ. (1) އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ ގާނޫނު ތަތުބީގް ކުރުމާ ގުޅޭގޮތުން ލަފަޔާއި މަށްވަރާ ދިނުން، (2) މީހެއްގެ ބަދަލުގައި އެއިން ތަނަކަށް ހާޒިރުވުން ނުހިމެނޭގޮތުން، އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނެއްގައި ވަކާލާތު ކުރުމާއި އެއްވެސް ފަރާތެއް ތަމްސީލުކުރުން، (3) ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން؛ (4) އެކިއެކި ފަރާތްތަކުގެ މެދުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ވަސިއްޔަތުގެ ލިޔުންތަކާއި، ޕަވަރ އޮފް އެޓަރނީތަކާއި، އަދި އެނޫންވެސް އެފަދަ މަދަނީ މުއާމަލާތްތަކާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން؛ (5) ޕަބްލިކް ނޯޓަރީގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަސްދީގުކޮށްދިނުމުގެ މަސައްކަތްކުރުން؛ (6) ވިޔަފާރި އުސޫލުން އެކި އެކި ލިޔެކިޔުންތައް އެޓެސްޓް ކުރުން."

ގާނޫނީ ށަހްސު
"ގާނޫނީ ށަހްސު" ކަމަށް ބުނެފައިއެވަނީ، ކުންފުނިތަކާއި ޕާޓްނަރށިޕްތަކާއި ޖަމާއަތްތަކާއި އިދާރާތަކާއި އެޖެންސީތަކާއި ބޯޑުތަކާއި ކައުންސިލުތައް ހިމެނޭގޮތުންނެވެ.
ގާނޫނީ ށަހްސް
"ގާނޫނީ ށަހްސް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހްސަކަށް ނުވާ، ގާނޫނަކުން އުފަންކުރާ ނުވަތަ ގާނޫނެއްގެ ދަށުން އުފަންކުރުވާ، އަމިއްލަ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ކުންފުނިތަކާއި، ކޯޕަރޭށަންތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހިމެނޭގޮތުންނެވެ.
ގާނޫނީ ބަލަދުވެރިޔާ
"ގާނޫނީ ބަލަދުވެރިޔާ" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަސައްރަފެއް ނެތް މީހެއްގެ ފަރާތުން އެކިއެކި ނިންމުންތައް ނިންމުމުގެ ޒިންމާ ހަވާލުވެގެންވާ ފަރާތަކަށެވެ.
ގާނޫނީ ބެލެނިވެރިޔާ

"ގާނޫނީ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ހާލަތެއްގައި ކުއްޖާގެ ށަރުއީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަށެވެ.