ގާނޫނީ ރަދީފު
"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދީން ބެލެހެއްޓުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް، ނުވަތަ ގެތަކަށް، ނުވަތަ އިސްލާޙީ މަރުކަޒުތަކަށް، ނުވަތަ ޒުވާން ކުދީން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މީހުން ވަގުތީގޮތުން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަރުކަޒެއްކަމަށް ކަނޑައަޅާ އެހެން ތަންތަނަށެވެ.
"މަރުކަޒުގެ ހެލްތު ސެންޓަރ" ކަމަށް ބުނެވިފައި އެވަނީ، މަރުކަޒުތަކުގައި ކުދިންނަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރަށެވެ.
"މަރުވުން ރަޖިސްޓަރީކުރުން" ނުވަތަ "މަރު ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު މަރުވުމާ ގުޅިގެން، އެ މީހާގެ މަރު ސާބިތުކުރުމަށްފަހު އެ މީހާގެ މަރުގެ މައުލޫމާތު މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.
"މަކަރާ ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުކަމަށް ނުހިމެނޭގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ.
"މައާނަވީ ބަދަލު" ކަމަށް ބުނެފައި އެވަނީ، ފަރުމާއަށް ގެންނަ ބަދަލެއްގެ ސަބަބުން އޭގެ ޒާތަށާއި ބޭނުންކުރެވޭ ގޮތަށް ބަދަލު އަތުވެދާނެ ކޮންމެ ބަދަލަކަށެވެ.
"މައާފުކުރުން" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމެއް އެކުއެކީގައި ނުވަތަ އެއިން ބައެއް ދައްކަން ނުޖެހޭގޮތަށް ނުވަތަ އަދާކުރަން ނުޖެހޭގޮތަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ ކަނޑައެޅުމަށެވެ.
"މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.