ގާނޫނީ ރަދީފު
"ނިށާން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ފާހަގަކުރުމަށް ބޭނުންކުރެވޭ ކޮންމެ ވަސީލަތަކަށެވެ. އޭގެ ތެރޭގައި އަކުރު، ބަސް، ނަން، ސޮއި، ހިސާބު އަކުރު، ސުރުހީ، ލޭބަލް، ސްލިޕް، މުދަލުގެ ބައްޓަން، ޕެކޭޖިންގ، ކުލަ، ވަސް، އަޑު އަދި އެއިން އެއްޗެހިތަކެއް ނުވަތަ ކަންތައްތަކެއް އެއްކޮށްލައިގެން ފަރުމާކޮށްފައިވާ އެއްޗެހި ހިމެނެއެވެ.
"ނިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންގައި ހުރި 1 ޖަނަވަރީ 2021 ގައި ނުވަތަ އޭގެ ފަހުން ހުޅުވައިފައިވާ ފައިނޭންށަލް އެކައުންޓްތަކަށެވެ.
"ނިއުޓްރިއެންޓް" ކަމަށް ބުނެފައި އެވަނީ، އާންމުގޮތެއްގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގައި ހިމެނޭ މާއްދާއެއްގެ ތެރެއިން، ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ނުވަތަ ކާނާގެ ތެރެއިން އެ މާއްދާއެއް އުނިވެއްޖެ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ސިއްހަތަށް ފޯރާނެ ފަދަ މާއްދާތަކަށެވެ. (މިސާލު: ވިޓަމިންސް، މިނަރަލްސް ފަދަ މާއްދާތައް)
"ނިއުޓްރިއެންޓް ޕްރޮފައިލް މޮޑެލް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ނިއުޓްރިއެންޓްސްގެ މިންވަރު ގިންތިކޮށްދޭ މިންގަނޑަށެވެ.
"ނިމިފައިހުރި މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރ ބޯޑުން ވިޔަފާރިތަކަށް އެވޯޑު ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، އެ މަސައްކަތް ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއަކުން އެ މަސައްކަތް ނިންމިކަމުގެ ލިޔުން ދޫކޮށްފައިވާ މަސައްކަތްތަކަށެވެ.
"ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.