ގާނޫނީ ރަދީފު
"މޫދު ކުޅިވަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަން ކަމަށް މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންތަނުން އިންތިޒާމު ކޮށްދޭ ސްނޯރކްލިންގ، ސަރފިންގ، ޖެޓް ސްކީންގ، ސްވިމިންގ، ޑައިވިންގ ފަދަ، މޫދުގައި ހިންގޭ ހަރަކާތްތަކަށެވެ.
"މެނިފެސްޓޯ" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ކުރުމަށް ގަސްތުކުރާ ކަންތަކަށެވެ.
"މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދުން ދަތުރުކުރާ މީހުންގެ އަދަދާއި އެ މީހުން ނިސްބަތްވާ ގައުމު އެނގޭނެގޮތަށް ތައްޔާރު ކުރާ ލިޔުމަށެވެ.
"މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33) 95 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއްގެ އާންމު ތަންތަނާއި އާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ އިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި އުފައްދާ ކޯޕަރޭށަނަކަށެވެ.
"މެންބަރު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތް ހޯދުމަށް ގައުމީ ކުތުބުހާނާގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
"މެންބަރުންގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތުގެ އެންމެހައި މައުލޫމާތު ހިމެނޭގޮތުންނެވެ.
"މެންޓަރިންގ މެންބަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮމިށަނަށް އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ކޮމިށަނުގެ ކޮންމެ ޑިޕާޓްމަންޓެއްގެ މަސައްކަތްތަކަށް ލަފާދިނުމަށް އެ ޑިޕާޓްމަންޓަކަށް އެވަގުތަކު ކަނޑައަޅައިފައިވާ މެންބަރަށެވެ.