gaanoon_logo
-
ކޮމްޕްލައިންސް ޑޮކިއުމަންޓް

"ކޮމްޕްލައިންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ބިލްޑިންގ ކޯޑުގެ ދަށުން އެކުލަވައިލެވޭ، އިމާރާތްކުރުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނިފައިވާ ލިޔެކިޔުންތަކަށެވެ.

ކޮމްޕްލަޔަންސް ސްޓޭޓްމަންޓް (ވިޔަފާރިއާއި ގުޅޭ)

"ކޮމްޕްލަޔަންސް ސްޓޭޓްމަންޓް" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ގަވާއިދުގައި ކަނޑައަޅައިފައިވާ ސުންގަޑިއަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއަކަށް އަމިއްލަ ވިޔަފާރިތައް ހިނގާ ނުހިނގާ ގޮތް ދެނެގަތުމަށް ހުށަހަޅާ މައުލޫމާތު ފޯމަށެވެ.

ކޮމްޕްލެއިންސް ކޮމިޓީ

"ކޮމްޕްލެއިންސް ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ކޮމްޕްލެއިންސް ކޮމިޓީއަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯ
"ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާބެހޭގޮތުން ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ.
ކޮމްޕްލެއިންޓްސް އޮފިސަރު (އިންތިހާބާއި ބެހޭ)
"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.
ކޮމްޕްލެއިންޓްސް އޮފިސަރު (އިންތިހާބާއި ގުޅޭ)

"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނ،ީ ވޯޓު ފޮށީގެ ވެރިޔާއަށެވެ.

ކޮމްޕްލެއިންޓްސް އޮފިސަރު (އިންތިހާބުތަކާއި ގުޅޭ)

"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.

ކޮލިފައިން ލޯ ޑީގްރީ

"ކޮލިފައިން ލޯ ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކަށް ފެތޭ ގާނޫނީ ޑިގްރީއަށެވެ.

ކޮލިފައިންގ ހޯލްޑިންގ
"ކޮލިފައިންގ ހޯލްޑިންގ" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، އެއްވެސް ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އޮތުމަށް، ނުވަތަ އެމް.އެމް.އޭ އަށް ގަބޫލުކުރެވޭ ގޮތުގައި ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ހިންގުމުގެ މައްޗަށް އެކަށޭނަ ބާރު އޮތުމަށެވެ.
ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން

"ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ އެއްބަސްވުމަށެވެ.

  1. ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައިވާ ޖުރިސްޑިކްށަންތަކެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުން؛ އަދި
  2. އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އޮޓޮމެޓިކުން ބަދަލުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވުން.
ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން

"ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ކަމުގައި ބުނެފައި އެވަނީ، ރައްދުވާ ފަރާތަކުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރާ މުއާމަލާތް (ސަބްޖެކްޓް ޓްރާންޒެކްށަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތަށް މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއަށެވެ.

ކޮލިފައިޑް އިންވެސްޓަރުން

"ކޮލިފައިޑް އިންވެސްޓަރުން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހުސެއްނަމަ އެ ފަރާތެއްގެ ނަމުގައި 1 (އެކެއް) މިލިޔަން ރުފިޔާ ނުވަތަ ގާނޫނީ ށަހުސެއްނަމަ، އެ ފަރާތެއްގެ ނަމުގައި 5 (ފަހެއް) މިލިޔަން ރުފިޔާއާ އެއްވަރުގެ ނުވަތަ އެއަށްވުރެ އިތުރު ނެޓް ވޯތު ހުންނަ ފަރާތްތަކަށެވެ.

ކޮލިފިކޭށަން އޮތޯރިޓީ

"ކޮލިފިކޭށަން އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ކަނޑައެޅުމާއި، ސެޓްފިކެޓްތައް އެކްރެޑިޓްކުރުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ބެލުމާއި، އެނޫންވެސް ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ، އެ ގައުމުގެ ކަމާބެހޭ ފަރާތަށެވެ.

ކޮލީށަން

"ކޮލީށަން" ކަމަށް ބުނެފައި އެވަނީ، ދުއްވާފައިދާ އުޅަނދެއް އެހެން އުޅަނދެއްގައި ނުވަތަ ތަނެއްގައި ނުވަތަ މީހެއްގެ ގައިގައި ޖެހިގެން ހިނގާ ހާދިސާއަކަށެވެ. 

ކޮލެޓަރަލައިޒްކުރުން
"ކޮލެޓަރަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ގެދޮރު ގަތުމަށް ލޯނެއް ނަގާއިރު ، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯނު ދޫކުރި ފަރާތުގެ ހައްގު ހޯދުމަށް އަނބުރާ ނެގޭނެ ގޮތަށް ޕެންށަން ފަންޑުގައި ލޯނު ނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ބެހެއްޓިފައިވާ ފައިސާއަށެވެ.