gaanoon_logo
-
މުދަލުން މުއާމަލާތުކުރުން
"މުދަލުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ. (1) މުދާ ހޯދުން ނުވަތަ ލިބިގަތުން؛ (2) މުދާ ފޮރުވުން، ނުވަތަ އޮތް ތަން ބަދަލުކޮށްގެން ނުވަތަ ސިފަ ބަދަލުކޮށްގެން ނުވަތަ ވެރިފަރާތް ބަދަލުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އޭގެ އަސްލު ނޭނގޭ ގޮތަށް ބަދަލުކުރުން؛ (3) މުދާ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖެއިން ގެންދިޔުން؛ (4) މުދާ ބޭނުންކޮށްގެން (ކުށްޔަށްދީގެން ނުވަތަ ރަހުނުކޮށްގެން ނަމަވެސް) ފައިސާ ހޯދުން؛ (5) ދަރަންޏެއް އަދާކުރުމަށްޓަކައި ސެކިއުރިޓީގެ ގޮތުގައި އެ މުދާ ބޭނުންކުރުން.
މުދަލުގެ ވެރިފަރާތް
"މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް މުދަލެއް ދިވެހިރާއްޖެއަށް އެތެރެކުރާއިރު ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާއިރު، މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، އެފަރާތް ތަމްސީލުކުރާ ފަރާތަށެވެ.
މުދަލުގެ ވެރިފަރާތް

"މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައިއެވަނީ، އެ މުދަލެއްގެ މައްޗަށް ގާނޫނީ ނުވަތަ ށަރުއީ ގޮތުން ތަސައްރަފްކުރުމުގެ ބާރުލިބިފައިވާ ފަރާތަށެވެ.

މުދަލުގެ ވެރިފަރާތް

"މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނ،ީ އެ މުދަލެއްގެ މައްޗަށް ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން ތަސައްރަފު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަށެވެ.

މުދަލެއް ރާއްޖެއަށް ގެނައުން
"މުދަލެއް ރާއްޖެއަށް ގެނައުން" ކަމަށް ބުނެފައި އެވަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލެއްގެ ގޮތުގައި ކޮންސައިންކޮށްގެން ގެންނަ މުދާ، ރާއްޖޭގެ ބަނދަރަކަސް ބޭލުމާ ހަމަޔަށެވެ.
މުދާ
"މުދާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ހިމެނޭގޮތުންނެވެ. އަދި މުދަލުގެ މާނައިގައި، މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މުދަލަކުން މީހަކަށް ލިބިދޭ މަސްލަހަތުތަކާއި ފައިސާއާއި އެ މުދަލަށް މީހުން ކުރާ އިތުބާރު އަގުކުރެވޭ މިންވަރު ހިމެނެއެވެ.
މުދާ
"މުދާ" ކަމަށް ބުނެފައި އެވަނީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި މާއްދީ މުދަލާއި މާއްދީނޫން މުދާ ހިމެނޭ ގޮތުން އެއްވެސް އަގެއް ހުރި ކޮންމެ އެއްޗަކަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މުދަލާއި ހިދުމަތާއި އެކިއެކި މުދަލުގެ މައްޗަށް އުފެދޭ ހައްގާއި މުދަލުގެ މައްޗަށް އުފެދޭ ބާރާއި ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ބާރާއި ހައްގާއި މުއާސަލާތަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ މައުލޫމާތަށް ނުވަތަ އެކިއެކި ހިދުމަތްތައް ހޯދުމަށް އޮތް ހައްގާއި ހިފާފައިވާ ނުވަތަ އޮޅުކޮށްފައިވާ ޖަނަވާރާއި މުދަލެއްގައި އޮތް ހައްގު އަންގައިދޭ ރަސްމީ ލިޔުންތަކަށެވެ. އޭގެ ތެރޭގައި ޓިކެޓާއި، ގޯތީގެ ލިޔުންތަކާއި، އެކިއެކި މިލްކުވެރިކަމުގެ ލިޔުންތަކާއި، ހުއްދަތައް ހިމެނެއެވެ.
މުދާ
"މުދާ" ކަމަށް ބުނެފައިއެވަނީ، ނުއުފުލޭ މުދަލާއި، އުފުލޭ މުދާ ހިމެނޭގޮތުން، އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ.
މުދާ
"މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި، މުދަލަކާގުޅޭ ގޮތުން ލިބިދޭ ހައްގުތަކާއި، ވާޖިބުތަކާއި، އެ މުދަލެއް ބޭނުންކުރުމަށް ލިބިދޭ އިހްތިޔާރާއި އިމްތިޔާޒު ހިމެނޭގޮތުންނެވެ.
މުދާ
"މުދާ" ކަމަށް ބުނެފައި އެވަނީ، މާއްދީ މުދަލަށާއި، ފިކުރީ މުދާ ހިމެނޭގޮތުން ގައިރު މާއްދީ މުދަލަށާއި، އުފުލޭ މުދަލަށާއި ނުއުފުލޭ މުދަލަށެވެ.
މުދާ

"މުދާ" ކަމަށް ބަޔާންކޮށްފައި އެވަނީ، ލިޔެކިޔުމާއި، ތަކެއްޗާއި، މާއްދީ މުދަލާއި، މާއްދީ ނޫން މުދާ ހިމެނޭގޮތުން އަގެއް ހުރި ކޮންމެ އެއްޗަކަށެވެ.

މުދާ

"މުދާ" ކަމަށް ބުނެފައި އެވަނީ، ހިފާ ގެންގުޅެވޭގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް، އަމިއްލަ ބޭނުންތަކަށް ވިއްކާ ތަކެއްޗަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ފޯމްއެއްގައި ތައްޔާރުކުރެވިފައި ހުންނަ ސޮފްޓްވެއަރފަދަ ތަކެތި ހިމެނޭނެއެވެ.

މުދާ

"މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދާ އަދި ނުއުފުލޭ މުދަލާއި، އެ މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކާއި ފައިސާ ހިމެނޭ ގޮތުގެމަތިންނެވެ.

މުދާ

"މުދާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހިމެނޭގޮތުން ހުރިހާ ބާވަތެއްގެ އެސެޓަކަށެވެ. އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، ބޭންކު ކްރެޑިޓް، ޓްރެވަލަރސް ޗެކް، ބޭންކު ޗެކް، މަނީ އޯޑަރ، ހިއްސާ، މާލީ ސެކިއުރިޓީޒް، ބޮންޑް، ބޭންކު ޑްރާފްޓް އަދި ލެޓަރ އޮފް ކްރެޑިޓް ފަދަ އެފަދަ މުދަލުގެ މިލްކުވެރިކަން އަންގައިދޭ ނުވަތަ މަސްލަހަތެއް އޮތްކަން އަންގައިދޭ ގާނޫނީ ލިޔެކިޔުން ނުވަތަ އިންސްޓްރުމަންޓްތައްވެސް ހިމެނެއެވެ.

މުދާ

"މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލާއި، ފައިސާއާއި، އެނޫންވެސް މަންފާ ހިމެނޭގޮތުންނެވެ.