gaanoon_logo
-
ކޮންޓްރޯލް

"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެެއްޓުމެވެ.

ކޮންޓްރޯލް (ކުންފުންޏާއި ގުޅޭ)

"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަޣްލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަނުކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
  2. ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓުގެ ހައްގުތަކަކާ ގުޅިގެން ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
ކޮންޓްރޯލް ކުރުން (ކުންފުންނާ ބެހޭ)
ކުންފުންޏެއްގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ހައްގެއް ލިބިފައިވާ ފަރާތަކީ، އެ ކުންފުނި ކޮންޓްރޯލްކުރާ ފަރާތްކަމަށް ބެލެވޭނެއެވެ.
ކޮންޓްރޯލް އޮތް މުއާމަލާތް

 "ކޮންޓްރޯލް އޮތް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަށެވެ.

ކޮންޓްރޯލްކުރުން

"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން 

ކޮންޓްރޯލްކުރުން (އިމާރާތްކުރުމާއި ގުޅޭ)
"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރާ މަސައްކަތަށެ
ކޮންޓްރޯލްކުރުން (އިމާރާތްކުރުމާއި ގުޅޭ)

"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ

ކޮންޓްރޯލްކުރުން (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ކޮންޓްރޯލްކުރުން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ.
ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން

"ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން" ކަމަށް ބުނެފައި އެވަނީ، ތަނެއް ގަސްތުގައި ތަޅާލުމަށެވެ. އެގޮތުން ގޮވާޒާތުގެ ތަކެއްޗާއި ހަލާކުކުރުމަށް ހާއްސަކޮށް ހަދައިފައިވާ ޕްލާންޓް، ނުވަތަ މެށިނަރީ ނުވަތަ އާލާތް ބޭނުންކޮށްގެން ތަނެއް ތަޅާލުމެވެ.

ކޮންޓްރޯލްޑް ޑެލިވަރީ

"ކޮންޓްރޯލްޑް ޑެލިވަރީ" ކަމަށް ބުނެފައިއެވަނީ، މަނީ ލޯންޑްރިންގގެ ކުށްތައް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައި، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށަކާގުޅޭ ކޮންސައިންމަންޓާއި ފައިސާ، ނުވަތަ އެފަދަ ކޮންސައިންމަންޓް ނުވަތަ ފައިސާ ކަމަށް ބެލެވޭ އެއްޗެހި، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބެލުމުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުމަށް، ނުވަތަ އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުމަށެވެ.

ކޮންޓްރޯލްޑް ޑެލިވަރީއެއް

"ކޮންޓްރޯލްޑް ޑެލިވަރީއެއް" ހެދުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ ގާނޫނާ ހިލާފު އެއްޗެއް، އެ އަކުރުގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އޮފިސަރުން، އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

ކޮރަޕްށަން
"ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ވަކިން ހާއްސަކޮށް، "ޔޫއެން ކޮންވެންށަން އަގެއިންސްޓް ކޮރަޕްށަން" ގައި ކޮރަޕްށަންގެ އަމަލެއްގެ ގޮތުގައި ހިމަނާފައިވާ ކަންކަމެވެ.
ކޮރަޕްށަން
"ކޮރަޕްށަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްށަންގެ ކުށާއި، ކޮރަޕްށަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭގޮތުންނެވެ. މީގެ ތެރޭގައި ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާއާއި 513 ވަނަ މާއްދާއާއި 515 ވަނަ މާއްދާއާއި 516 ވަނަ މާއްދާއާއި 517 ވަނަ މާއްދާއާއި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްށަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.
ކޮރަޕްށަން

"ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން މާލީ މަންފާ ހޯދުމަށް ޓަކައި ނުވަތަ އެނޫންވެސް ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް، އާންމުކޮށް ރިށްވަތު ހިފުން ހިމެނޭގޮތަށް ހިންގާ ހިޔާނާތުގެ އަމަލުތައް ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމަށް ޓަކައި ނުވަތަ ނާޖާއިޒު ފައިދާއެއް އެހެން މީހަކަށް ހޯދައިދިނުމަށް ޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރުމަށް ނުވަތަ ފަސާދައިގެ އަމަލުތައް ހިންގުމަށެވެ.

ކޮއިން
"ކޮއިން" ނުވަތަ "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ ފައިސާގެގޮތުގައި ބޭނުން ކުރުމަށްޓަކައި ސަރުކާރުގެ އަމުރަށް ސިއްކައެއް ޖެހިގެން ހިންގޭ އެއްޗެކެވެ.