ގާނޫނީ ރަދީފު
"މީޑިއާ" ކަމުގައި ބުނެފައި އެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، ސީޑީއަށާއި، ވެބްކާސްޓް އަދި ޑިޖިޓަލް ކޮންޓެންޓަށާއި، ދިވެހި ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫން ވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެންނާއި ރަޖިސްޓަރީ ނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިސްތިހާރާއި އާންމުކޮށް ފެތުރުމަށް ޓަކައި ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާނުލައި ލިބޭގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.
"މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމާއި ހިޔާލާއި އިށްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ހިންގާ ބްރޯޑްކާސްޓް ޓީވީއަށާއި ރޭޑިއޯއަށާއި ކޭބަލް ޓެލެވިޒަން ނެޓްވަރކްއަށާއި، މިއިން ވަސީލަތަކުން ފަތުރާ ކޮންޓެންޓް އިންޓަރނެޓް މެދުވެރިކޮށް ހިންގާ (ސޮފްޓްވެއަރ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް) ގެނެސްދިނުމަށާއި، ޗާޕުކޮށްގެން ށާއިއުކުރާ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސޮފްޓްވެއަރ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަނެއްގައި ށާއިއުކުރާ ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި މަޖައްލާތަކަށާއި، މިފަދަ އެހެންވެސް ހަބަރާއި މައުލޫމާތާއި ކަރަންޓް އެފެއާޒް ގެނެސްދޭ ށާއިއުކުރުންތަކަށެވެ.
"މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެޑިޓަރުންނާއި، އެޑިޓަރުންގެ ޒިންމާ އަދާކުރާ މީހުންނާއި، ރިޕޯޓަރުންނާއި، ޖާނަލިސްޓުންނާއި، ޕްރެޒެންޓަރުންނާއި، ޓެކްނީށަނުންނާއި، ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނަށެވެ.
"މީޑިއާގެ ވަސީލަތް" ކަމުގައި ބުނެފައި އެވަނ،ީ ޕްރިންޓް މީޑިއާއާއ،ި ބްރޯޑްކާސްޓިންގ މީޑިއާއ،ި މީސްމީޑިއާއ،ި އިންޓަރނެޓުގެ އެކިއެކި މަންސަތައް ހިމެނޭގޮތުގެ މަތީންނެވެ.
"މީޑިއޭށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެ ދެފަރާތާ ވާހަކަދައްކައި، އެދެވޭ ހަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުމަށެވެ.
"މީޒާންކުރުން" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މުހިންމު މައްސަލަތަކާއި ފާހަގަކުރެވޭވަރުގެ އަސަރުތަކާއި ބަދަލުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ކަންތައްކުރާނޭ ގޮތަށެވެ.
"މީޓަރު" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރެވޭ މިންވަރު އަންގައިދޭ އާލާތްތަކަށެވެ.
"މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.
"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް" ކަމަށް ބުނެފައި އެވަނީ، ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އިންފޮމޭށަން ސިސްޓަމްތަކާއި، މާލީ އިދާރާތަކުގެ އިންފޮމޭށަން ސިސްޓަމްތަކާއި، ދައުލަތުގެ ދިފާއާއި އިންޓެލިޖެންސްއާގުޅޭ މައުލޫމާތު ސިސްޓަމްތަކާއި، އެއަށް ގެއްލުމެއް ދީފިނަމަ ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ ގައުމީ ސަލާމަތަށް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ.
"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅިފައިވާ ނުވަތަ އެ ސިސްޓަމެއްގައި ހިމެނޭ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށެވެ.
- މުހިންމު އުމްރާނީ ވަސީލަތެއް ހިންގުމަށް ނުވަތަ އޭގެ ރައްކާތެރިކަމަށް ބޭނުންވާ ޑޭޓާ؛
- މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހިންގުމަށް ނުވަތަ މޮނިޓަރކުރުމަށް، ނުވަތަ އޭގެ ކޮންޓްރޯލް ނުވަތަ ރައްކާތެރިކަމަށް، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، އެހީތެރިވެދޭ ސޮފްޓްވެއަރ ނުވަތަ އެޕްލިކޭށަން ނުވަތަ ޕްރޮގްރާމް.