ގާނޫނީ ރަދީފު
"ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)" ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރު އެނެލޮގް ބްރޯޑްކާސްޓިންގ ހިދުމަތާ އެއްގޮތަށް، ކޮންޓެންޓުގެ ކޮލިޓީއާއި ފޮޓޯ ކޮލިޓީ ހުންނަ މިންގަނޑަށެވެ.
"ސްޓޭންޑްސްޓިލް މުއްދަތު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ބީލަންވެރިންނަށް ށަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތަށެވެ.
"ސްޓޭމްޕް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓޭޖް ސްޓޭމްޕަށެވެ.
"ސްޓޭޖް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ބިމެއް އަލަށް ތަރައްގީކުރުމަށް ރޭވިފައިވާ އިމާރާތަކަށް ޕްރޮޕޯސަލް ހުށަހަޅައި، ސްޓްރާޓާ ޕްލޭނެއް އެކުލަވާލައި އެކި ފިޔަވަހިތަކަށް ބަހާލައިގެން މަށްރޫއެއް ނުވަތަ ސްޓްރާޓާ ސްކީމެއް ހިންގުމަށެވެ.
"ސްޓްރަކްޗަރ" ކަމަށް ބުނެފައި އެވަނީ އެ އިމާރާތެއްގެ ފައުންޑޭށަނާއި، ތަނބުތަކާއި، ބެރިތަކާއި ތަޅުމާއި ފުރާޅު ހިމެނޭގޮތަށް އިމާރާތުގެ ސްޓްރަކްޗަރ ގެ ބައިތަކެވެ.
"ސްޓްރަކްޗުރަލް ސްޓެބިލިޓީ" ކަމަށް ބުނެފައި އެވަނީ އިމާރާތް އުފުލޭނެ ވަރު ބިމުގައި ހުރުމާއެކު އިމާރާތެއްގެ ބޭނުމަށް އެކަށީގެންވާ ބަރުދަނެއް އުފުލޭ ވަރު އިމާރާތުގެ ސްޓްރަކްޗަރ ގައި ހުރުމާއެކު އަރިއަޅާނުލާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ހުރި އިމާރާތެއްގެ ސްޓްރަކްޗަރ އަށެވެ.
"ސްޓްރާޓާ ރޯލް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ޔުނިޓުތަކާއި އެ ޔުނިޓުތައް ކުއްޔަށްދޭ ފަރާތްތަކުގެ މައުލޫމާތާއި، އެއްމެދު އިމާރާތުގައި ހިމެނޭ ރަހުނުތަކާއި އިންށުއަރެންސާގުޅޭ މައުލޫމާތު ހިމެނޭގޮތުން، އެއްމެދު އިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމަށްޓަކައި އެއްމެދު އިމާރާތާއި ޔުނިޓުތަކާގުޅޭ މައުލޫމާތު މެނޭޖްމަންޓް ކޯޕަރޭށަނުން ރިކޯޑުކޮށް ބަލަހައްޓާ ލިޔެކިޔުމަށެވެ.
"ސްޓްރާޓާ އުސޫލު" ކަމަށް ބުނެފައި އެވަނީ، ބިމެއްގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަން ގަސްތުކުރާ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރާތްތަކަށް މިލްކުކުރުމުގެ އިތުރުން، ހުރިހާ މިލްކުވެރިންގެ މެދުގައި ބިމާއި އިމާރާތުގެ އާންމު ތަންތަން ވަކި ހަމަތަކެއްގެމަތިން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ކަނޑައެޅޭ އުސޫލަށެވެ.
"ސްޓްރާޓާ އުސޫލުން ކަޑައެޅޭ ވަކި ކޮޓަރި ނުވަތަ ވިލާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގެ ސައިޓް ޕްލޭނުގައި ނުވަތަ ވިލާ ލިސް އެގްރީމަންޓުގައި ބަޔާންކޮށް އަދި ކަނޑައެޅިފައިވާ ބައުންޑަރީއެއްގެ ތެރޭގައި އިމާރާތްކޮށްފައިވާ ކޮޓަރި ނުވަތަ ވިލާއާއި އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނެއްގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗެވެ.