gaanoon_logo
-
މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ

"މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން މަހުން މަހަށް، ނުވަތަ ގަނޑުކޮށް ނޫނީ އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާ މަހުން މަހަށް ބަހާލުމުން ޖެހޭ އާމްދަނީގެ އަދަދަށެވެ.

މީސްމީޑިއާ

"މީސްމީޑިއާ" ކަމަށް ބުނެފައި އެވަނީ، ސޯށަލް މީޑިއާގެ ޕްލެޓް ފޯމްތައް ވެސް ހިމެނޭގޮތުންނެވެ.

މީޑިއާ
"މީޑިއާ" ކަމަށް ބުނެފައިއެވަނީ، އޮންލައިން ނޫސްތަކާއި، ބްލޮގްތަކާއި ވެބްސައިޓުތަކާއި، ނޫސް މަޖައްލާތަކާއި ރޭޑިޔޯ އަދި ޓީވީ ފަދަ ބްރޯޑްކާސްޓްކުރާ ކޮންމެ ވަސީލަތެއް ހިމެނޭގޮތުންނެވެ. "މީޑިއާ" ގެ މާނައިގެ ތެރޭގައި ޚަބަރު ހުށަހަޅާ ފަރާތް، ޕްރޮގްރާމް ހުށަހަޅާ ފަރާތް، އިންޓަވިއުކުރާ ފަރާތް އަދި ވަކިވަކި މީހުން ނުވަތަ ރިޕޯޓަރުން ނުހިމެނެއެވެ.
މީޑިއާ
"މީޑިއާ" ކަމަށް ބުނެފައިއެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިހުކުރެވޭ ށާއިހުކުރުންތަކަށެވެ.
މީޑިއާ

"މީޑިއާ" ކަމުގައި ބުނެފައި އެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، ސީޑީއަށާއި، ވެބްކާސްޓް އަދި ޑިޖިޓަލް ކޮންޓެންޓަށާއި، ދިވެހި ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫން ވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެންނާއި ރަޖިސްޓަރީ ނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިސްތިހާރާއި އާންމުކޮށް ފެތުރުމަށް ޓަކައި ގަންނަން ލިބޭގޮތަށް ނުވަތަ އަގަކާނުލައި ލިބޭގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.

މީޑިއާ ކަންތައްތައް ބަލަހައްޓާ މުއައްސަސާ
"މީޑިއާ ކަންތައްތައް ބަލަހައްޓާ މުއައްސަސާ" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންގެ މިންގަނޑުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ޙަވާލުވެފައިވާ މުއައްސަސާއަކަށެވެ.
މީޑިއާގެ ވަސީލަތް

"މީޑިއާގެ ވަސީލަތް" ކަމުގައި ބުނެފައި އެވަނ،ީ ޕްރިންޓް މީޑިއާއާއ،ި ބްރޯޑްކާސްޓިންގ މީޑިއާއ،ި މީސްމީޑިއާއ،ި އިންޓަރނެޓުގެ އެކިއެކި މަންސަތައް ހިމެނޭގޮތުގެ މަތީންނެވެ.

މީޑިއޭށަން (ގެވެށިއަނިޔާއާއި ގުޅޭ)

"މީޑިއޭށަން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެ ދެފަރާތާ ވާހަކަދައްކައި، އެދެވޭ ހަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުމަށެވެ. 

މީޑީއާގައި ށާއިހުކުރުން
"މީޑީއާގައި ށާއިހުކުރުން" ކަމަށް ބުނެފައިއެވަނީ، ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރެކްޓިވް ސީޑީ ނުވަތަ ވެބްސައިޓު ނުވަތަ ނޫސް ނުވަތަ މަޖައްލާއެއްގައި ކުރެހުމަށާއި، މަންޒަރު ދެއްކުމަށާއި، އަޑު ފޮނުވުމަށާއި، ލިޔުމަށެވެ.
މީޒާންކުރުން

"މީޒާންކުރުން" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މުހިންމު މައްސަލަތަކާއި ފާހަގަކުރެވޭވަރުގެ އަސަރުތަކާއި ބަދަލުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ކަންތައްކުރާނޭ ގޮތަށެވެ.

މީޓަރު

"މީޓަރު" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރެވޭ މިންވަރު އަންގައިދޭ އާލާތްތަކަށެވެ.

މީޓަރު ކުރުން

"މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.

މުހިންމު އާންމު ތަންތަން
"މުހިންމު އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ފަރުދުންނަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ މުދަލަށާއި ވަސީލަތްތަކަށެވެ. އޭގެ ތެރޭގައި، މުހިންމު ހިދުމަތްތައް ދެމުންގެންދާ ފާލަމާއި އާންމުކޮށް ބޭނުންކުރާ އެއްގަމުގެ މަގުތަކާއި، ކަނޑުގެ މަގުތަކާއި، ބަނދަރުތަކާއި، މުއާސަލާތުގެ ބިނާތަކާއި، އާންމުން ބޭނުންހިފާ ތަންތަނާއި، ޓްރާންސިޓް މަރުކަޒުތަކާއި ދައުލަތުގެ އިމާރާތްތައް ހިމެނޭ ގޮތުންނެވެ.
މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް

"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމެއް" ކަމަށް ބުނެފައި އެވަނީ، ފެނާއި، ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އިންފޮމޭށަން ސިސްޓަމްތަކާއި، މާލީ އިދާރާތަކުގެ އިންފޮމޭށަން ސިސްޓަމްތަކާއި، ދައުލަތުގެ ދިފާއާއި އިންޓެލިޖެންސްއާގުޅޭ މައުލޫމާތު ސިސްޓަމްތަކާއި، އެއަށް ގެއްލުމެއް ދީފިނަމަ ދައުލަތް ހިންގުމުގެ ނިޒާމަށް ނުވަތަ ގައުމީ ސަލާމަތަށް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ.

މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް

"މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅިފައިވާ ނުވަތަ އެ ސިސްޓަމެއްގައި ހިމެނޭ ޕްރޮގްރާމެއް ނުވަތަ ޑޭޓާއަކަށެވެ.

  1. މުހިންމު އުމްރާނީ ވަސީލަތެއް ހިންގުމަށް ނުވަތަ އޭގެ ރައްކާތެރިކަމަށް ބޭނުންވާ ޑޭޓާ؛
  2.  މުހިންމު އުމްރާނީ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް ހިންގުމަށް ނުވަތަ މޮނިޓަރކުރުމަށް، ނުވަތަ އޭގެ ކޮންޓްރޯލް ނުވަތަ ރައްކާތެރިކަމަށް، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، އެހީތެރިވެދޭ ސޮފްޓްވެއަރ ނުވަތަ އެޕްލިކޭށަން ނުވަތަ ޕްރޮގްރާމް.