ގާނޫނީ ރަދީފު
"ކެޕިޓަލް އެލަވަންސް ރޭޓް" ކަމަށް ބުނެފައި އެވަނީ، ޓެކުހުގެ ބޭނުމަށް ޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އެކި ބާވަތުގެ މުދަލަށް ކަނޑައަޅައިފައިވާ ކެޕިޓަލް އެލަވަންސަށް ނުވަތަ ޑެޕްރިސިއޭށަން ރޭޓަށެވެ.
"ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ އޮތޯރިޓީއަށެވެ.
"ކެޕްޓަން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވުމާއި އުޅަނދުގެ ނިޔަމިކަމާއި ސަލާމަތާއި ރައްކާތެރިކަމާއި ހަވާލުވެގެން އުޅަނދުގައި ހުންނަ ޒިންމާ އުފުލާ އެންމެ އިސް މީހާއަށެވެ.
"ކެޗް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓިގެން ކުރާ މަސްވެރިކަމަކުން ބާނައި، ޕްރޮސެސްކޮށްފައިވާ މަސްކަން ޔަގީންކޮށްދިނުމުގެ ގޮތުން އެކްސްޕޯޓުކުރާ މަހާއި މަހުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް މިނިސްޓްރީން ދޫކުރާ ލިޔުމަކަށެވެ.
"ކޭސް ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ތަހުގީގު ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.