gaanoon_logo
-
ސްޓެޓިކް ލައިން

"ސްޓެޓިކް ލައިން" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ މީހާ ވެއްޓުނަ ނުދިނުމަށް ބޭނުންކުރާ ސަލާމަތީ ބެލްޓް ނިޒާމުގައި ހިމެނޭ އެ މީހާގެ ގައިގައި ހަރުކޮށްފައިވާ އެ ނިޒާމާ ގުޅިފައިވާ ވާގަނޑު އަޅުވައިފައިވާ ވާގަނޑަށެވެ. އެގޮތުން ސްޓެޓިކް ލައިންގެ ދެކޮޅު ހުންނަންވާނީ ވަރުހުރި ތަނެއްގައި ރަނގަޅަށް ހަރުކޮށްފައެވެ.

ސްޓެޓިސްޓިކަލް ރެޖިސްޓަރ
"ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސަރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވާލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަން، ގޭގެ، އިމާރާތްފަދަ ތަންތަނަށް) އަދި އެތަންތަނާ ބެހޭ އަސާސީ މައުލޫމާތު، ތަން ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވާލެވޭ ލިސްޓުތަކަށެވެ.
ސްޓެޓިސްޓިކަލް ރެޖިސްޓަރ

"ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސާރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވައިލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަނާއި، ގޭގެއާއި، އިމާރާތް ފަދަ ތަންތަނަށް) އަދި އެ ތަންތަނާ ބެހޭ އަސާސީ މައުލޫމާތުތައް ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވައިލާ ލިސްޓުތަކަށެވެ.

ސްޓެޓިސްޓިކަލް ކައުންސިލް
"ސްޓެޓިސްޓިކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 16/2021) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓެޓިސްޓިކަލް ކައުންސިލަށެވެ.
ސްޓެޗިއުޓަރީ ހަރަދު

"ސްޓެޗިއުޓަރީ ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުފިޔަވައި އެހެން ގާނޫނެއްގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކުރެވޭ ހަރަދަށެވެ.

ސްޓޭންޑަޑް

"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.

ސްޓޭންޑަޑް (އިމާރާތްކުރުމާއި ގުޅޭ)
"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންޖެހޭ ސްޕެސިފިކޭށަންކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.
ސްޓޭންޑަޑް (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންވާނެކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.
ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)

"ސްޓޭންޑަޑް ޑެފިނީށަން (އެސް.ޑީ)" ކަމަށް ބުނެފައި އެވަނީ، އެ ކޮންޓެންޓުގައި ދައްކާ މަންޒަރު އެނެލޮގް ބްރޯޑްކާސްޓިންގ ހިދުމަތާ އެއްގޮތަށް، ކޮންޓެންޓުގެ ކޮލިޓީއާއި ފޮޓޯ ކޮލިޓީ ހުންނަ މިންގަނޑަށެވެ.

ސްޓޭންޑްސްޓިލް މުއްދަތު

"ސްޓޭންޑްސްޓިލް މުއްދަތު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ބީލަންވެރިންނަށް ށަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތަށެވެ.

ސްޓޭމްޕް
"ސްޓޭމްޕް" ބުނެފައި އެވަނީ ސަރުކާރު ހުއްދަކުރާ ގޮތަކަށް ކުރެހި، ކުލަޖެހި، ޗާޕްވެގެން ސަރުކާރު އަންގާ އުސޫލަކުން ނުވަތަ ގަވާއިދަކުން، އެސަރުކާރުގެ ހުއްދައޮތް ފަރާތަކުން ނެރެވިއްކާ ސްޓޭމްޕަށެވެ.
ސްޓޭމްޕް

"ސްޓޭމްޕް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓޭޖް ސްޓޭމްޕަށެވެ.

ސްޓޭޓްމެންޓް އޮފް ޕެންށަން ކޮންޓްރިބިއުށަން (އެސްޕީސީ)
"ސްޓޭޓްމެންޓް އޮފް ޕެންށަން ކޮންޓްރިބިއުށަން (އެސްޕީސީ)" ކަމަށް ބުނެފައި އެވަނީ، މައިކްރޯސޮފްޓް އޮފީސް އެކްސެލް ސްޕްރެޑްށީޓެއް މެދުވެރިކޮށް މުވައްޒަފުން ޕެންށަން އޮފީހުގައި އެންރޯލް ކުރުމަށާއި ފައިސާ ދެއްކިކަން ޕެންށަން އޮފީހަށް އެންގުމަށާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެޖެސްޓްމަންޓް ހެދުމަށް ބޭނުންކުރާ ކަރުދާހަށެވެ.
ސްޓޭޖް ޑިވެލޮޕްމަންޓް

"ސްޓޭޖް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ބިމެއް އަލަށް ތަރައްގީކުރުމަށް ރޭވިފައިވާ އިމާރާތަކަށް ޕްރޮޕޯސަލް ހުށަހަޅައި، ސްޓްރާޓާ ޕްލޭނެއް އެކުލަވާލައި އެކި ފިޔަވަހިތަކަށް ބަހާލައިގެން މަށްރޫއެއް ނުވަތަ ސްޓްރާޓާ ސްކީމެއް ހިންގުމަށެވެ.

ސްޓޮކް އެކްސްޗޭންޖް
"ސްޓޮކް އެކްސްޗޭންޖް" ގެ މާނައަކީ، ސެކިއުރިޓީޒް ވިއްކުމަށް، ނުވަތަ ގަތުމަށް، ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭ، އަދި މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރ 2/2006) ގެ 19 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ހުއްދަ ދީފައިވާ ކުންފުންޏަކުން، ސެކިއުރިޓީޒް ކްލިއަރ ކުރުމާއި، އަގު ދެއްކުމަށާއި، ބަދަލުކުރުމުގެ ހިދްމަތްދޭ ބާޒާރެއް، ނުވަތަ އެކްސްޗޭންޖެއް، ނުވަތަ އެހެންވެސް ތަނެކެވެ.