gaanoon_logo
-
މީހެއް

"މީހެއް" ކަމުގައި ބުނެފައިވާ މާނައިގައި ތެރޭގައި ހުރިހާ އުމުރުފުރައެއް ވެސް ހިމެނޭނެއެވެ.

މީހެއް ނުވަތަ ”ފަރާތް“
”މީހެއް“ ނުވަތަ ”ފަރާތް“ ކަމުގައި ބުނެފައި އެވަނީ، ތަބީޢީ ށަހްސުތަކާއި ގާނޫނީ ށަހްސުތަކަށެވެ.
މީހެއް ނުވަތަ "ފަރާތް"
"މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ފަރުދުންނާއި، ކުންފުންޏާއި، ޕާޓްނަރށިޕާއި، ކޯޕަރޭޓިވް ސޮސައިޓީއާއި އަމިއްލަ ވިޔަފާރި ހިމެނޭގޮތުންނެވެ.
މީހެއްގެ އަމިއްލަ މައުލޫމާތު
"މީހެއްގެ އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހާމަކުރުމަށް އާންމު މީހަކު ބޭނުންނުވާނެ މައުލޫމާތަށެވެ.
މީން ޓައިޑްލައިން

"މީން ޓައިޑްލައިން" ކަމަށް ބުނެފައި އެވަނީ، ބޮޑުދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ހައި ޓައިޑްލައިން" އަދި ހިކި ދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ލޯ ޓައިޑްލައިން" ގެ އެވަރެޖުގެ މައްޗަށް ހިސާބުކުރެވޭ ބިމުގެ ބޮޑުމިނުގެ މިންގަނޑެވެ.

މީންޓައިޑް ލައިން ނުވަތަ "މެދު ދިޔައިގައި ހިކިފަސް ސަރަހައްދު"

"މެދު ދިޔައިގައި ހިކިފަސް ސަރަހައްދު" ނުވަތަ "މީންޓައިޑް ލައިން" ކަމުގައި ބުނެފައި އެވަނީ، ހިކި ދިޔައިގައި ހިކިފަސް ހުންނަ ހިސާބާއި ބޮޑު ދިޔައިގައި ހިކިފަސް ހުންނަ ހިސާބު ސީދާ ދެބައިކުރުމުން ދަމައިލެވޭ އިމަކަށެވެ.

މީރާ
"މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
މީރާ
"މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
މީރާ ކަނެކްޓް
"މީރާ ކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރާ، މީރާގެ އޮންލައިން ޕްލެޓްފޯމަށެވެ.
މީރާކަނެކްޓް
"މީރާކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަށް މީރާއިން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އަށެވެ.
މީރާއިން ކަނޑައަޅާ އަދަދު
"މީރާއިން ކަނޑައަޅާ އަދަދު" ކަމަށް ބުނެފައި އެވަނީ މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަހްގީގްެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދު ކަމަށް މީރާއިން ކަނޑައަޅާ އަދަދަށެވެ.
މީރު ފެންފަށަލަ
"މީރު ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ؛ ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
މީރުފެން އުފައްދާ ޕްލާންޓް
"މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ނުވަތަ ފެނުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމަށެވެ. މީރުފެން އުފައްދާ ނިޒާމުކަމަށް ބަލާނީ އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތުންނެވެ.
މީރުފެން އުފައްދާ ޕްލާންޓް

"މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ބޭނުންކޮށްގެން މީރުފެން އުފައްދައިދޭ ނުވަތަ ސާފުކޮށްދޭ ޕްލާންޓަށެވެ. މީރުފެން އުފައްދާ ފެން ޕްލާންޓްކަމަށް ބަލާނީ، އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތަށެވެ.

މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ
"މީލާދީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން މަހުން މަހަށް، ނުވަތަ ގަނޑުކޮށް ނޫނީ އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާ މަހުން މަހަށް ބަހާލުމުން ޖެހޭ އާމްދަނީގެ އަދަދަށެވެ.