ގާނޫނީ ރަދީފު
"އިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް ދެވޭ މަންފާއެއްގެ ގޮތުގައި ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ދެވޭ ފައިސާއަށާއި، ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ އިނާޔަތަށް ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.
"އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ،ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.
"އިން ފިލްޓްރޭށަން ގެލަރީ" ކަމަށް ބުނެފައި އެވަނީ، ފެންފަށަލައަށް ގެއްލުން ނުވާނެހެން ފެންފަށަލައިގެ އެންމެ މަތީ ދުލީގެ އެކަށީގެންވާ ސަރަހައްދަކުން ފެން ނެގޭ ގޮތަށް ގާއިމުކޮށްފައިވާ ނިޒާމަށެވެ.
"އިން-ސަރވިސް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާތަކުން، އެ އިދާރާއެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށެވެ.
"އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ އިންށުއަރެންސް ޕްރީމިއަމް ލިބޭގޮތަށް އަދި އިންށުއަރެންސް ޕްރީމިއަމްއިންނާއި އިންށުއަރެންސް ވިޔަފާރިން ލިބޭ އާމްދަނީ އިންވެސްޓް ކުރުމުގެ މަސައްކަތާއެކު ލައިފް އިންށުއަރެންސް އާއި ޖެނެރަލް އިންށުއަރެންސް ގެ ވިޔަފާރި ހިންގުމަށެވެ.
"އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، ޕޮލިސީހޯލްޑަރ ނުވަތަ އިންށުއަރެންސް ޕޮލިސީ ނެގުމަށް އެދޭ ފަރާތުގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ނެގުމާއި އިންށުއަރެންސް ޕޮލިސީއާ ގުޅިގެން ދޭންޖެހޭ އެހެނިހެން ހިދުމަތްތައް ދިނުމުގެ ވިޔަފާރި ހިންގާ ފަރާތަކަށެވެ.
"އިންށުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އިންށުއަރެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.
"އިންށުއަރެންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"އިންށުއަރެންސް އިންޓަރމީޑިއަރީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް އޭޖެންޓުންނާއި އިންށުއަރެންސް ބްރޯކަރުންނަށެވެ.
"އިންށުއަރެންސް އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކުންފުންޏެއްގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ވިއްކުމާއި އިންށުއަރެންސް ކޮންޓްރެކްޓްތައް ހެދުމާއި އެ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމާއި އެ ކޮންޓްރެކްޓް އުވާލުމާއި އިންށުއަރެންސް މުއާމަލާތްތައް ހިންގުމުގެ ވިޔަފާރިކުރާ ނުވަތަ ސޮލިސިޓްކުރާ ފަރާތަކަށެވެ.