ގާނޫނީ ރަދީފު
"ޑިބެންޗަރ" އަކީ، ކުންފުންޏަކަށް އެއްވެސް ފަރާތަކުން ދޫކޮށްފައިވާ ފައިސާއެއް، އެ ފައިސާ ދޫކޮށްފައިވާ ކުންފުނީގެ މުދާ ރަހުނުކޮށް، ނުވަތަ ރަހުނު ނުކޮށް ކަމުގައިވިޔަސް، އެ ފައިސާއެއް ދޫކުރިކަމަށް ކުންފުނިން ދޫކުރާ ލިޔުމެވެ. ޑިބެންބަރުގެ ތެރޭގައި ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް، ލެޓަރ އޮފް ކްރެޑިޓް، ކުންފުނިން އާންމުކޮށް ކުރާ ވިޔަފާރީގައި ކުންފުންޏާއި ކުންފުނީގެ ކަސްޓަމަރުންނާ ހިނގާ ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ނުކުންނަ ދަރަންޏާއި ލިޔެކިޔުން، އިންށުއަރެންސް ޕޮލިސީ، ބޭންކެއްގައި ހުޅުވާ، ކަރަންޓް ނުވަތަ ސޭވިންގސް އެކައުންޓާ ގުޅިގެން ދޫކުރާ ލިޔުން، ޑިޕޮޒިޓް ސެޓްފިކެޓް، ޕާސްބުކް، ނުވަތަ މިފަދަ ލިޔުންތައް ނުހިމެނެއެވެ.
"ޑިކްލެއަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދަލަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ނުވަތަ ދޭންޖެހޭ މައުލޫމާތަށެވެ.
"ޑިއުޓީ އޮފިސަރ" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ޑިއުޓީގައި އެ ވަގުތަކު ހުންނަ އެންމެ އިސް ޑިއުޓީ އޮފިސަރު (ޑީ.އޯ) އަށެވެ.
"ޑިވައިސް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭ ގޮތުންނެވެ.
- މާއްދީ ނުވަތަ ޑިޖިޓަލް އާލާތްތަކާއި، އިލެކްޓްރޯނިކް ސްޓޯރޭޖް މީޑިއާތަކާއި، އާޓިކަލްއެއް؛
- އިލެކްޓްރޯނިކްކޮށް ހުންނަ އެއްވެސް ޕްރޮގްރާމެއް ނުވަތަ ޑޭޓާއެއް؛
- ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ ސިސްޓަމްގެ ބަޔަކަށް ވަނުމަށް ބޭނުންކުރެވިދާނެ ޕާސްވޯޑާއި، އެކްސެސް ކޯޑު ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެނޫންވެސް ސިފައެއްގައި ހުންނަ އެފަދަ އެހެން ޑޭޓާ؛ ނުވަތަ
- އޮޓޮމޭޓެޑް ނުވަތަ އަމިއްލަ ޒާތުގައި މަސައްކަތްކުރާ އެޑެޕްޓިވް ނުވަތަ އޮޓޮނޮމަސް އާލާތްތަކާއި، ޕްރޮގްރާމްތައް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމްތައް.
"ޑިވަލޮޕްމަންޓް ކޮންޓްރޯލްސް" ކަމަށް ބުނެފައި އެވަނީ އެ ބިމެއްގައި އިމާރާތްކުރެވޭނެ އިންތަކާއި އެހެން ބައެއް ޕްލޭނިންގ މިންގަނޑުތައް ކަނޑައަޅާ، ޕްލޭނިންގ ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން، ދޫކުރާ ލިޔުމަށެވެ.
"ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އެ ހިނދަކު އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އެއްމެދު އިމާރާތް ތަރައްގީކުރާ ފަރާތަށެވެ.
"ޑިވެލޮޕަރު" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްށީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.
"ޑިވެލޮޕްމަންޓް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރެވޭ ތަނަށް ކަނޑައަޅާ ޕްލޭނިންގ މިންގަނޑުތަކެވެ.