gaanoon_logo
-
ދައުވާކުރާ
"ދައުވާކުރާ" "އޭނާ" "އެމީހަކު" "ދައުވާލިބޭ" މި ލަފުޒުތައް މުފުރަދުކޮށް ލިޔެވިފައި އޮތްކަމުގައިވިޔަސް އެ ލަފުޒުތަކުގެ މާނައިގެ ތެރޭގައި ޖަމްއު މާނައާއި ގާނޫނީ ށަހްސްވެސް ހިމެނޭނެއެވެ.
ދައުވާކުރާ
"ދައުވާކުރާ" "އޭނާ" "އެމީހަކު" "ދައުވާލިބޭ" މި ލަފުޒުތައް މުފުރަދުކޮށް ލިޔެވިފައި އޮތްކަމުގައިވިޔަސް އެ ލަފުޒުތަކުގެ މާނައިގެ ތެރޭގައި ޖަމްއު މާނައާއި ގާނޫނީ ށަހްސްވެސް ހިމެނޭނެއެވެ.
ދައުވާކުރާ ފަރާތް

"ދައުވާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ދައުވާ އުފުލާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ދައުވާއެއް ފުރަތަމަ އުފުލާ ފަރާތާއި، ރައްދު ދައުވާއެއް އުފުލާ ފަރާތާއި، އިތުރު ދައުވާ އުފުލާ ފަރާތްވެސް ހިމެނެއެވެ.

ދައުވާކުރުން (ޖިނާއީ)
"ދައުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރި ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަށެވެ.
ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު
"ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު" ކަމަށް ބުނެފައި އެވަނީ، ދައުވާ އުފުލުމަށް ދިފާއަކަށް ނުވަތަ ހުރަހަކަށް ވެދާނެ ކަންކަމަށާއި، ދައުވާ އުފުލުމަށާއި، ދައުވާ ބަލައިގަތުމަށާއި، ދައުވާ ހިންގުމަށާއި، އަދި ހުކުމް ކަނޑައެޅުމަށް ހުރަހަކަށް ވެދާނެކަމަށް މި ބާބުގައި ކަނޑައަޅާފައިވާ ދިފާއަށެވެ.
ދައުވާއަށް ރައްދުދިނުން

"ދައުވާއަށް ރައްދުދިނުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، އެ ދައުވާލިބޭ ފަރާތުން އެއްބަސްވުމާއި، އެ ދައުވާ ދިފާއުކުރުމާއި، ރައްދު ދައުވާއެއް ކުރުން ހިމެނޭ ގޮތުން، ދައުވާލިބޭ ފަރާތުން އެ ދައުވާއަށް ރައްދު ދިނުމަށެވެ.

ދައުވާއަށް އެއްބަސްވުން

"ދައުވާއަށް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، ނުވަތަ ދައުވާގެ ބަޔަކަށް އެ ދައުވާލިބޭ ފަރާތުން އެއްބަސްވާ އެއްބަސްވުމަށެވެ.

ދައުވާލިބޭ
"ދައުވާލިބޭ" "އޭނާ" "އެމީހަކު" "ދައުވާކުރާ" މި ލަފުޒުތައް މުފުރަދުކޮށް ލިޔެވިފައި އޮތްކަމުގައިވިޔަސް އެ ލަފުޒުތަކުގެ މާނައިގެ ތެރޭގައި ޖަމްއު މާނައާއި ގާނޫނީ ށަހްސްވެސް ހިމެނޭނެއެވެ.
ދައުވާލިބޭ ފަރާތް

"ދައުވާލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ދައުވާ ރައްދުވާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ފުރަތަމަ އުފުލާ ދައުވާއާ ގުޅިގެން ރައްދު ދައުވާއެއް ނުވަތަ އިތުރު ދައުވާއެއް އުފުލާ ހާލަތުގައި، އެ ދައުވާއެއްގެ ދިފާއު ހުށަހަޅަންޖެހ ކޮންމެ ފަރާތެއް ހިމެނެއެވެ.

ދައުވާގެ ދިފާއު

"ދައުވާގެ ދިފާއު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، އެ ދައުވާލިބޭ ފަރާތުން އެއްބަސްވުމުގެ ބަދަލުގައި، އެ ދައުވާއަށް ހުށަހަޅާ ދިފާއަށެވެ. ނުވަތަ އެ ދައުވާގެ ވަކި ބަޔަކަށް ހުށަހަޅާ ދިފާއަށެވެ.

ދައުލަތަށް މުދާ ނެގުން
"ދައުލަތަށް މުދާ ނެގުން" ކަމަށް ބުނެފައިއެވަނީ، ކޯޓު އަމުރެއްގެ ދަށުން ދާއިމީގޮތަކަށް އެއްވެސް މުދަލެއް އަތުލުމަށެވެ.
ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި

"ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީގޮތުން ދޭ ޔަގީންކަމަށެވެ. މި މާނައިގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.

ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި

"ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީ ގޮތުން ދޭ ޔަގީންކަމަށެވެ. އޭގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.

ދައުލަތުގެ ނެޓް ދަރަނި

"ދައުލަތުގެ ނެޓް ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޖުމްލަ ދަރަނިން ދައުލަތުގެ ދަރަންޏާގުޅޭ ފައިނޭންށަލް އެސެޓްސްގެ ޖުމްލަ އަދަދު އުނިކުރުމުން އަންނަ އަދަދަށެވެ.

ދައުލަތުގެ ބަޖެޓު

"ދައުލަތުގެ ބަޖެޓު" ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.