gaanoon_logo
-
ކަނޑުމަހުގެ ބާވަތްތައް

"ކަނޑުމަހުގެ ބާވަތްތައް" ނުވަތަ  "ކަނޑުމަސް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.

ކަނޑުމަސް

"ކަނޑުމަސް" ނުވަތަ "ކަނޑުމަހުގެ ބާވަތްތައް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.

ކަނޑުގެ ބަނދަރު
"ކަނޑުގެ ބަނދަރު" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރު އައިސް މަޑުކުރުމަށާއި، މުދާ އަރުވައި ބޭލުމަށާއި، ފުރުމަށް ބޭނުންކުރާ ތަންތަނަށެވެ.
ކަނޑުގެ ދިރުންތައް

"ކަނޑުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް، ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި، މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.

ކަނޑުގެ ސަރަހައްދު

"ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭ ގޮތަށް، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކު ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ކަނޑަށެވެ.

ކަނެކްށަން (ފެނާއި ނަރުދަމާ އާއި ބެހޭ)
"ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، މަށްރޫއުގެ ދަށުން ގޭތެރޭގައި ބަހައްޓާ ފެން މީޓަރާއި ނަރުދަމާގެ ކެޗްޕިޓަށެވެ.
ކަންވާރު

"ކަންވާރު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގެ އުފެއްދުން ބަންދުކުރުމަށް ބޭނުންކުރާ އެއްޗަށް ނުވަތަ "ކޮންޓެއިނަރ" އަށެވެ.

ކަންޓްރީ އޮފް އޮރިޖިން

"ކަންޓްރީ އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅާފައިވާ ދިރޭއެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނިސްބަތްވާ ގައުމަށެވެ.

ކަންޓްރީ އޮފް އޮރިޖިން

"ކަންޓްރީ އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅައިފައިވާ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނިސްބަތްވާ ގައުމަށެވެ.

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު

"ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 1-31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށް މީރާއަށް ހުށަހަޅާ ކަންޓްރީ-ބައި-ކަންޓްރީ  ރިޕޯޓަށެވެ.

 

 

ކަރަންޓީނުކުރުން
"ކަރަންޓީނުކުރުން" ކަމަށް ބުނެފައިއެވަނީ، ގައިންގަޔަށް އެރުމުގެ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އޭނާއާ މުއާމަލާތްކުރެވިފައިވާ މީހާ، ނުވަތަ އޭނާގެ ގައިން އެ ބަލި އަރާފާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުރި މީހާގެ ކިބައިން އެހެން މީހެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެކަމަށް ސިއްހީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލުވާނެކަމަށް ސިއްހީގޮތުން ބެލެވޭ މުއްދަތަށް އޭނާގެ ހަރަކާތްތައް ވަކިގޮތަކަށް ހިފެހެއްޓުމަށާއި، ވަކި އުސޫލުތަކެއްގެމަތިން އޭނާ މުޖުތަމައުގެ އެހެން މީހުންނާއި ތަންތަނާ އެކަހެރި ކުރުމަށެވެ.
ކަރަންޓީން މަރުކަޒު
"ކަރަންޓީން މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މީހުން ކަރަންޓީނު ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.
ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތް
"ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ދައުރުވާ ނިޒާމަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކަރަންޓު ދައުރުވާ ނިޒާމުގައި ހަރުކޮށްފައިވާ ފިއުޒެއްގެ ވަސީލަތުން ކަރަންޓު ކަނޑައިދޭ އާލާތަށެވެ.
ކަރަންޓު ވިއުގަ އެނަޖައިޒް ކުރުން
"ކަރަންޓު ވިއުގަ އެނަޖައިޒް ކުރުން" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ވިއުގައަށް ކަރަންޓު ދިނުމަށެވެ.
ކަރަންޓު ޔުނިޓް
"ކަރަންޓު ޔުނިޓް" ކަމަށް ބުނެފައި އެ ވަނީ، ކިލޯވޮޓްއަވަރސް (kWh) އަށެވެ.