gaanoon_logo
-
ރަށް

"ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.

ރަށް

"ރަށް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށެއް ކަމުގައި ސަރުކާރުން އިއުލާނުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ކޮންމެ ރަށަކަށެވެ.

ރަށް ނުވަތަ "ފަޅުރަށް"

"ރަށް" ނުވަތަ "ފަޅުރަށް" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 200 (ދުއިސައްތަ) މީޓަރުގެ ސަރަހައްދަށެވެ.

ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން
"ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ބުނާ އުފެއްދުމާއި އެ އުފެއްދުންތަކުގެ މުސައްނިފުންނާއި، ޕަރފޯމަންސްތަކާއި، ޕަރފޯމަންސް ހުށަހަޅައިދޭ ފަންނާނުންނާއި، އަޑުގެ ރިކޯޑިންގތަކާއި، އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރުންނާއި، ބްރޯޑްކާސްޓް ކުރާ އުފެއްދުންތަކާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި އަދި މި ގާނޫނުގެ ދަށުން މިލްކުކޮށްދޭނަމަ، މިލްކުކޮށްދޭ ހައްގުތަކާއި އެ ހައްގުތައް މިލްކުކޮށްދޭ މީހުން ވަކިކުރަން އެނގޭނޭ މައުލޫމާތަށެވެ. ނުވަތަ މި ގާނޫނުގައި ބުނެފައިވާ އުފެއްދުމެއް، ހުށަހެޅުމެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އުފެއްދުމެއް ބޭނުންކުރުމުގެ ގަވާއިދުތަކާއި ށަރުތުތައް އަންގައިދޭ މައުލޫމާތަށެވެ. އަދި މިފަދަ މައުލޫމާތުތައް އެކުލަވާލެވިފައިވަނީ ނަންބަރުތަކާއި ކޯޑުތައް ބޭނުންކޮށްގެންކަމަށްވާނަމަ، އެފަދަ މައުލޫމާތުވެސް މި ލަފްޒުގެ މާނައިގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ
"ރައީސުލްޖުމްހޫރިއްޔާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ އަދި އެ މަގާމުގައި ދެމިހުރި މީހާއަށެވެ.
ރައީސުލްޖުމްހޫރިއްޔާ
"ރައީސުލްޖުމްހޫރިއްޔާ" ގެ މާނައަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތުގެމަތިން ރާއްޖޭގެ އެންމެމަތީ ވެރިކަމަށް އިންތިހާބު ކުރެވިފައިވާ މީހެކެވެ. އަދި މިގާނޫނަށް އަމަލު ކުރުމުގައި އެމީހެއްގެ އަނބިދަރީންނާއި މުދާ ހިމަނައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އާއިލާ
“ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އާއިލާ” ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަންމަ އާއި ބައްޕައަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާ
“ރައީސުލްޖުމްހޫރިއްޔާގެ އާއިލާ” ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަންމަ އާއި ބައްޕައަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ
"ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެފައިވާ މީހުންނަށެވެ. އަދި ގާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރުމަށްފަހު އެމަގާމުން ވަކިވެފައިވާ މީހުންވެސް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.
ރައުސްމާލު
"ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާެއްޖޭގައި ވިޔަފާރިކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު، ހުއްދަ ކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ކަނޑައަޅާ ޖުމްލަ އަދަދަށެވެ.
ރައުސްމާލު

"ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. އަދި މީގެތެރޭގައި އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.

ރައުސްމާލް
"ރައުސްމާލް" ކަމަށް ބުނެފައި އެވަނީ މުދަލާއި ފައިސާއަށެވެ.
ރައުޔު

"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަންހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އެއިން ދޭހަވާ ދޭހަވުމަށެވެ އަދި ކުރިމަތީގައިވާ ވާގިއާއެއް ނުވަތަ ވާގިއާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އެއިން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ

ރައްކާތެރިކަން ލިބިގެންވާ ފަރާތް

"ރައްކާތެރިކަން ލިބިގެންވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، މަދަނީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.

ރައްކާތެރިކަމާއެކީ ބެލެހެއްޓުން

"ރައްކާތެރިކަމާއެކީ ބެލެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ގިނަ ދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހައި ކަންތައްތަކާއި، އެ ތަކެތި ހަލާކުނުވާނެ އަދި ވީރާނާނުވާނެ ގޮތުގެމަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.