ގާނޫނީ ރަދީފު
"ސެލެރީ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މަހެއްގެ މުސާރަ ދިނުމުގެ ބޭނުމަށް އެ މަހެއްގެ ހާޒިރީ ބެލޭ މުއްދަތަށެވެ.
"ސެލްވޭޖް ވެލިއު" ކަމަށް ބުނެފައި އެވަނީ، މުދަލެއް ބޭނުންކުރެވޭނެ މުއްދަތު ހަމަވުމުން، އެ މުދަލެއް ނުވަތަ އެ މުދަލުގެ ބައިތައް އިތުރަށް ބޭނުންކުރުމަށް ވިއްކައިލައިގެން ލިބޭނެކަމަށް އަންދާޒާކުރެވޭ އަގަށެވެ.
"ސެލްފް އެމްޕްލޯއިޑް" ނުވަތަ "އަމިއްލަ ވަޒީފާގައި އުޅޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނެހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.
"ސެލްފް ޑިވަލޮޕްމަންޓް" ކަމަށް ބުނެފައި އެވަނ، އަމިއްލަ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، މަސައްކަތުގެ ހޭލުންތެރިކަމާއި ގާބިލުކަމާއި ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރާ ކަންކަމަށެވެ.
"ސެލްފް-އިންކުއަރީ ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން އެދުމުން، ސިސްޓަމުން ނަގާ އެ ފަރާތުގެ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓަކަށެވެ.
"ސެޒޭށަން ކްލިނިކް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ނުވަތަ ހުއްޓައިލަން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކޮށް، އެ މީހުން އެ އާދައިން ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޮޅުންފިލުވައިދިނުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާނެ ގޮތްތައް ކިޔައިދީ އެޑްވައިޒްދިނުމާއި، އެކަމަށް ދެވޭ ފަރުވާ ލިޔެދީ އޮޅުންފިލުވައިދިނުމާއި، ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު ޗެކްކޮށް ބެލުމަށް ސިއްހީ ހިދުމަތްދޭ ތަނުގައި އިންތިޒާމުކޮށް ހިންގާ ކްލިނިކަށެވެ.
"ސެޓިފައިޑް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ލައިސަންސް ދީފައިވާ ނުވަތަ ސަރުކާރުން ގަބޫލުކުރާ ލެބޯޓްރީއަކަށެވެ.
"ސެޓިފިކެޓު" ކަމަށް ބުނެފައި އެވަނީ، ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭށަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.
"ސެޓިފިކޭށަން މާރކް" ކަމަށް ބުނެފައި އެވަނީ، އެ މާރކް ނިސްބަތްކުރެވޭ މުދާ ނުވަތަ ހިދުމަތަކީ، އެ މުދަލެއްގެ އަސްލަށް ނުވަތަ އޭގައި އެކުލެވިގެންވާ މާއްދާތަކަށް ނުވަތަ އެ އެއްޗެއް ތައްޔާރުކުރެވޭ ގޮތަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދެވޭ ގޮތަށް ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއްގެ ފެންވަރު ނުވަތަ އެކިއުރެސީ ނުވަތަ އެނޫންވެސް ހާއްސަ ސިފަތަކަށް ބިނާކޮށް، އެ މާރކްގެ ވެރިފަރާތުން ސެޓިފައިކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއްކަން ދައްކުވައިދޭ މާރކަކަށެވެ.
"ސެޓެލައިޓް ޓަރމިނަލް" ކަމުގައި ބުނެފައި އެވަނީ، ސެޓެލައިޓް މެދުވެރިކޮށް ދެކޮޅަށް މުއާސަަލާތު ކުރެވޭ އިކުއިޕްމަންޓަށެވެ. މީގެ ތެރޭގައި ސެޓެލައިޓް ފޯނު ވެސް ހިމެނެއެވެ.
(ފ) "ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތުތަކެއް ހިމަނައި، ވިޔަފާރި ރަޖިސްޓަރީ ވެއްޖެކަން ނުވަތަ ވިޔަފާރިއާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެނެސްފައިވާކަން އަންގައިދޭ ލިޔުމަކަށެވެ.
"ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތުތަކެއް ހިމަނައި، ވިޔަފާރި ރަޖިސްޓަރީ ވެއްޖެކަން ނުވަތަ ވިޔަފާރިއާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެނެސްފައިވާކަން އަންގައިދޭ ލިޔުމަކަށެވެ.
"ސެޓްފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ ސްޓްރަކްޗުރަލް ސްޓެބިލިޓީ" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގެ "ސްޓްރަކްޗުރަލް ސްޓެބިލިޓީ" ލިބޭނެކަން ކަށަވަރުވާގޮތަށް ފަރުމާކޮށްފައިވާ އިމާރާތުގެ ކުރެހުމާ އެއްގޮތަށްކަން އިމާރާތްކޮށްފައިވަނީ ކަށަވަރުކުރުމަށްފަހު ބިލްޑިންގ އިންސްޕެކްޓަރ ދޫކުރާ ސެޓްފިކެޓަށެވެ.