ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން
"ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މީހުންނަށް އެމީހުންގެ އިޖްތިމާއީ، އިގްތިސާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްގީކުރުމަށެވެ.
ދޭއްB (އެއްގަމު ދަތުރުފަތުރާއި ގުޅޭ)
"ދޭއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 10 (ދިހައެއް) އިން ފެށިގެން 19 (ނަވާރަ) މީހުނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދެވެ؛
ދޭއްC (އެއްގަމު ދަތުރުފަތުރާއި ގުޅޭ)
"ދޭއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ އެއްގަމު އުޅަނދެވެ؛
ދޭސި ށަހްސެއް
ގާނޫނީ ގޮތުން ވަކި ށަހްސަކަށް "ދޭސީ" އެވެ ކިޔޭނީ، އެ ށަހްސެއްގެ މައި އޮފީސް ދިވެހިރާއްޖޭގައި ހުންނަ ތަންތަނަށެވެ. އަދި އޮފީހަކަށް ނުވަތަ ބްރާންޗަކަށް "ދޭސީ" އެވެ ކިޔޭނީ، ދިވެހިރާއްޖޭގައި ހުންނަ އޮފީހަކަށް ނުވަތަ ބްރާންޗަކަށެވެ.
ދޮގުހެކިދިނުން
"ދޮގުހެކިދިނުން" ކަމަށް ބުނެފައި އެވަނީ ށަރީއަތުން ނުވަތަ ގާނޫނުން ލާޒިމުކުރާ، ނުވަތަ ށަރީއަތުން ނުވަތަ ގާނޫނުން ބާރު ލިބިފައިވާ ފަރާތަކުން ހިންގާ ކަމެއްގައި، ނުވަތަ ތަހްގީގެއްގައި، ނުވަތަ އެއިން ކަމަކާމެދު ހަގީގަތަކަށް ނުވާ އެއްވެސް މައްލޫމާތެއް ދިނުން ނުވަތަ ތެދަކަށް ވާނޭ ނުވަތަ ވެދާނޭ ކަމަށް ހީކޮށްގެން އެ މައްލޫމާތެއް ދިނުން ނުވަތަ އެމައްލޫމާތަކީ ތެދެއްކަން ނުވަތަ ދޮގެއްކަން ނުއެނގި ނުވަތަ ޔަގީން ނުކޮށް، ދިނުމުންނެވެ.